އައްޑޫ މީދޫ ދާއިރާގެ އިދިކޮޅު ޕީޕީއެމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިބްރާހީމް ދީދީ ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.
މިބައްދަލުވުމުގައި އައްޑޫ މީދޫގައި އިދިކޮޅު ޕީޕީއެމްގެ އިސް ހިންގުންތެރިޔާ މުހައްމަދު އިބްރާހީމް ދީދީ ވަނީ އެމްޑީޕީއާއި ގުޅިވަޑަިއގެންފައެވެ. އޭނާ ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ އެންމެ އިސް ލިޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ މީދޫއަށް ވަޑައިގެން ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި މީދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުމާއި، އެދޭކަންކަން ރައީސާއި ވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސްގެ މިދަތުރުފުޅުގައި އައްޑޫސިޓީ މަރަދޫ ދާއިރާގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލަރ އަޙްމަދު ނާދިރު ވެސް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
އައްޑޫ ސިޓީ މީދޫ ދާއިރާގެ ޕީޕީއެމްގެ އެންމެ އިސް ހިންގުންތެރިޔާ މުހައްމަދު އިބްރާހީމް ދީދީ އެމްޑީޕީއާއި ގުޅިވަޑައިގެންފި.#Ibu2023 #MDP2023 pic.twitter.com/dHR3GEvxbq
— MDP Secretariat (@MDPSecretariat) June 5, 2023
އައްޑޫއަށް ލިބޭ ތަރައްޤީ ފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން އައްޑު ސިޓީ ކައުންސިލުންވަނީ ރޭ ހަވާއަރުވާފައެވެ. ހަވާ އެރުވުން އޮތީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން ކުރިއަށްދިޔަ ހިތަދޫގައި ހުންނަ އައްޑޫސިޓީ ސްކޮޔާގައެވެ.
ކޮމެންޓު ފޮނުވާ