ރ އަތޮޅު ދެކުނުގައި އޮންނަ ބެރިޔަންފަރުގައި އެއާރޕޯޓް އަޅަނީ

ރ އަތޮޅު ދެކުނުގައި އޮންނަ ބެރިޔަންފަރުގައި އެއާރޕޯޓް އަޅަނީ

ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓް އެ އަތޮޅު ބެރިޔަންފަރުގައި އަޅަން ނިންމާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު އެކަން އިއުލާނު ކުރައްވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް މިއަދު ވިދާޅުވީ ވައިގެ މަގުން މުޅި ރާއްޖެ ގުޅައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ރ އަތޮޅުގެ ދެކުނުގައި އަޅަން ނިންމި އެއާޕޯޓު ބެރިޔަންފަރުގައި އަޅަން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު ސަރުކާރުން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށާއި މިއީ އަންނަން އޮތް ޖީލުތަކަށް އެކަށޭނަ އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ. ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދު ސަރުކާރުން ވީ އެ އަތޮޅުގެ އިފުރު އެއާޕޯޓުގެ ފަސޭހަކަމެއް ގިނަ ރަށްތަކަށް ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށެވެ. ކުރީ ސަރުކާރުގައި ވެސް ވަނީ އެ އަތޮޅު ދެކުނުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމައިފައެވެ.

ރ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އެކަމަކު އެއާޕޯޓް އަޅަން ނިންމި ވަކި ރަށެއް އިއުލާނަކު ނެތެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވާ 23.6 މިލިއަން ޑޮލަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *