އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގެ ތެރެއިން

ޝައްކު ނުކުރޭ، އައްޑޫން ރައީސަށް 75 ޕަސަންޓު ވޯޓު ލިބޭނެ: ޝަރީފު

ޝައްކު ނުކުރޭ، އައްޑޫން ރައީސަށް 75 ޕަސަންޓު ވޯޓު ލިބޭނެ: ޝަރީފު

ގުޅުންހުރި

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އައްޑޫ ސިޓީން 75 ޕަސަންޓު ތާއިދު ދޭން އަޒުމު ކަނޑައަޅާފައިވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިއަދަކީ ރައީސަކަށް އައްޑޫ އަތޮޅުގެ ރައްޔިތުން ދުވަހަކު ވެސް ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް ކީ ދުވަސް ކަމަށާއި އައްޑޫ ރައްޔިތުންނަށް ސާބަސް ދަންނަވާ ކަމަށެވެ.

ޝަރީފްގެ ވާހަކައިގައި ވަނީ އައްޑޫގެ ތަރައްގީ އަށް އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު ދަންނަވައިފައެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިމުމުން އައްޑޫ ސިޓީގައި 7،000 ޓޫރިސްޓު އެނދު އޮޕަރޭޓް ވެގެންދާނެތީ އެކަމަށްޓަކައި ޝަރީފް ވަނީ ޝުކުރު ދަންނަވައިފައެވެ. ޝަރީފް ވިދާޅުވީ ދެވަނަ ދައުރެއްގައި މަރަދޫގައި 3،000 ޓަނުގެ މަސް ފެކްޓަރީ ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަމާއި 300 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެހެންވީމަ އަޅުގަނޑުމެން އަޒުމް ކަނޑައަޅައިގެން މިތިބީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މަދުވެގެން %75 ތާއީދު، ވޯޓު ދޭނަން. ޝައްކެއް ކުރައްވާނެ ކަމެއް ނެތް.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މި ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދީ، މިދިޔަ 50 އަހަރު ދެކެމުންދައި ހުވަފެން ހަގީޤަތަކަށް ހައްދަވައިދެއްވާފައިވާކަމަށެވެ. މީގެކުރީ ސަރުކާރުތަކުން އައްޑޫއާ މެދު މާބޮޑު އަޅާލުމެއް ނުބަހައްޓާކަން ފާޙަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މި ސަރުކާރުން އައްޑޫއަކީ މުހިއްމުތަނެއްގެ ގޮތުގައި ދެކި، އެމަގުން ތަރައްޤީގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މިއީ މަނިކުފާނުގެ ތަސައްވުރެ ފެށުމެއްް. އައްޑޫ ތަރައްޤީކޮށްގެނޭ ރާއްޖެ ތަރައްޤީވާނީ ބުނާބުނުމުން މިއަދު މިވަނީ އަމަލުން ދައްކަވާފައި. އައްޑޫ ސިޓީގެ ރައްޔިތުން އެކަން ކަށަވަރުކޮށްފި. ބައެއް މީހުން މިކަމާއި އޮތީޝައްކު ކޮށްފައި، ކުރީ ސަރުކާރުތަކުން ކަންކަންކުރި ގޮތުން ތަރައްޤީއާމެދު، ނަމަވެސް މިއަދު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ރައްޔިތުންނަށް ތަރައްޤީ ލިބޭނެކަން ޔަގީންކޮށްފިކަމަށް.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑޫ ގެންނަމުންދާ ތަރައްޤީ ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ފެނިގެންދާނެކަމަށެވެ. އެގޮތުން އައްޑޫ ސިޓީން ރައީސް ސާލިހަށް 75އިންސަައްތައިގެ އަޤްލަބިއްޔަތެއް ލިބޭނެކަމަށް ޔަޤީންކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރައީސް ސާލިހުގެ ސަރުކާރުން އައްޑޫ ތަރައްޤީކުރައްވާނެކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. އަދި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާއެކު ސަރަހައްދުގެ އިޤްތިޞާދީ ހަބަކަށް އައްޑޫ ސިޓީ ބަދަލުވެގެންދާނެކަމަށްވެސް ޝާރީފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ