އިމާމުން އެންމެ މަތީ ފެންވަރަށް ތަމްރީނު ކުރުމުގެ ވައުދުދަނީ ތަންފީޒު ކުރެވެމުން: ޑރ.ޒާހިރު

އިމާމުން އެންމެ މަތީ ފެންވަރަށް ތަމްރީނު ކުރުމުގެ ވައުދުދަނީ ތަންފީޒު ކުރެވެމުން: ޑރ.ޒާހިރު

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 01:03
0

އިމާމުން އެންމެ މަތީ ފެންވަރަށް ތަމްރީނު ކުރުމަކީ މިއަދުގެ ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްކަމަށާއި ެވައުދު މިއަދު ތަންފީޒު ވަމުންދާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމު އިފްތިތާޙްކޮށް ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓރަ ޒާހިރު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގެ ޒަރީއާއިން ކަމަށް ޤާބިލް ކަމަށް އެކަށީގެންވާ އިމާމުން އުފެދިގެންދާނެއެވެ. ހަމައެހެންމެ ރިސޯޓުތަކުގައި މުދިމުންނަށް ތިއްބެވި ހުރިހައި ބޭފުޅުންނަކީ އެއް ފެންވަރެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ވެގެންދާނެއެވެ. އިމާމުން އެންމެ މަތީ ފެންވަރަށް ތަމްރީނު ކުރުމަކީ މިއަދުގެ ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްކަމަށާއި އަދި މިހާރުވެސް އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރަމުންދާކަމަށް ޢިޝާރާތް ކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު ޢަދާކުރެއްވިއެވެ.

ޒޫމް މެދުވެރިކޮށް މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމްއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިގޮތުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ޕްރޮގްރާމެއް ހަމަޖައްސައިދުނަމަކީ ވަރަށް އުފާވާކަމެކެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ އެހީގައި އިމާމުންނަށް ވަރަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި ރިސޯޓުތަކަށް އިމާމުވެ ނަމާދުކުރުމަށް އަންނަ ފަރާތްތަކަށް ނާދެވިއްޖެ ޙާލަތެއްގައި ރިސޯޓުތަކުގައި ނަމާދުކުރަންވެސް ތިއްބަވާނީ ކުޅަދާނަ މޮޅު އިމާމުންކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޓުއަރިޒަމް ދާއިރާއަށް ކަނޑައަޅާފައިވާ ސިޔާސަތަކީ ދިވެހިން ތަމްރީނުކޮށް ދިވެހިންނަށް މަތީ ވަޒީފާއާއި ރަނގަޅު އާމްދަނީއެއް ލިބޭނެ މަގުފަހިކޮށްދިނުން ކަމުގައި ފާހަގަކޮށް ރައީސަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކޮށް ގެންދިއުމަށް މިނިސްޓްރީއިން އިސްނަގައިގެން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއަށްވެސް ޝުކުރު ޢަދާކުރެއްވިއެވެ.

5 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފްޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު މިނިސްޓރްީ އޮފް އިސްލާމިކްއެފެއާޒްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރިކުރަން ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ނަންހުށައަޅާ ފަރާތްތަކެވެ. މިހާތަނަށް 85 ރިސޯޓަކުން 169 ބައިވެރިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގިގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސްނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަނދާނީ ލިޔުންޙާޞިލުކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ކޮންމެ ރިސޯޓެއްގައިވެސް ވަގުތީ ގޮތުން މުދިމްކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދައެއްމިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެ އެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ މިނިސްޓްރީ އޮފް އިސްްލާމިކް އެފެއާޒުގެވާޢިޘުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ،ކަމަށް ޤާބިލު ޢިލްމުވެރިންނެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.