ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން އާއިލާ އާއި އެކުގައި އަނެއްކައިވެސް ރާއްޖެ އަތުވެއްޖެއެވެ.
ސަނީ ލިއޯން ފާހަަގަ ވަނީ ރާއްޖެ އަށް އެންމެ ގިނައިން އަންނަ އެއް ބޮލީވުޑްގެ ފަންނާނުގެ ގޮތުގައިއެވެ. މީގެ ކުރިންވެސް ސަނީ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ.
ސަނީ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައިއެވެ. މި ދަތުރުގައި އޭނާގެ ފިރިމީހާ އަދި ތިން ދަރިން ޗުއްޓީ ހޭދަކުރަމުން ދަނީ ކޮއްޓެއްފަރު މޯލްޑިވްސްގައިއެވެ.
ކޮންމެ އަހަރަކުވެސް ދެތިން ހަތަރު ފަހަރު ރާއްޖެ ޒިޔާރަތް ކުރާ ބަތަލާ ރާއްޖެ އަށް އައުމުގެ ކުރިން ވަނީ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ވެފައިއެވެ.
އުމުރުން 42 އަހަރުގެ ސަނީ ލިއޯން އާއި ޑެނިއެލް ވެބާ ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުގައިއެވެ. އެމީހުންގެ ތިބެނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނަށް އަނަހެން ކުއްޖެކެވެ.
ސަނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކެނެޑީ" އިންނެވެ. މި ފިލްމް ރިލީޒް ކުރީ މިދިއަ މަހުގެ 24 ވަނަ ދުވަހުގައިއެވެ. މި ފިލްމް އަކީ އަނުރާގް ކަޝޭޕް ޑައިރެކްޓް ކޮށްފައިވާ ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ