އަނިލް އަށް މަލަޔާލަމް ފިލްމެއްގެ ރިމޭކްއެއް

އަނިލް އަށް މަލަޔާލަމް ފިލްމެއްގެ ރިމޭކްއެއް

Author
ފާތިމަތު ނާވީ
03 ޖޫން 2023 06:26
0

ޒުވާން އެކްޓަރުންނަށް ދޫ ނުކުރާ 66 އަހަރުގެ އެކްޓަރު އަނިލް ކަޕޫރަށް މަލަޔާލަމް ފިލްމް އެއްގެ ރިމޭކް އެއް ލިބިއްޖެއެވެ.

ބިޒީ އެކްޓަރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިލްމް "ފައިޓާ" ގެ ޝޫޓިންގ އެވެ. މި ފިލްމް އަކީ މިއަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ޕަޓާން" ގެ ޑައިރެކްޓަރު ސިދާތު އަނަންދު ޑައިރެކްޓް ކުރާ ފިލްމްއެކެވެ.

"ފައިޓާ" ގެ ލީޑުން ފެނިގެން ދާނީ ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން އެވެ. މީ މިދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ މުހިންމު ރޯލަކުން އަނިލް ފެނިގެންދާ އިރުގައި އޭނާ ވަނީ މިފަހުން ރަންބީރު ކަޕުރޫގެ "އެނިލަމް" ގެ ޝޫޓިން ނިންމައިލައިފައިއެވެ.

 

View this post on Instagram

 

A post shared by anilskapoor (@anilskapoor)

2019 ވަނަ އަހަރު މަލަޔާލަމް ބަހުން ގެނެސްދިން ހިޓް ފިލްމު "އެންޑްރޮއިޑް ކުންޖައްޕަން ވަރ 5.25″ ގެ ހިންދީ ބަހުން ގެނެސްދޭ އެޑެޕްޓޭޝަން އަށް އަނިލް ސޮއިކޮށްފައިވާކަމަށް އޭނާ ވަނީ ބުނެފައިއެވެ.

މި ފިލްމްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި ނަމަވެސް ފިލްމް އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހިއްސާ ކުރެވެން ނެއް ކަމަށް ވަނީ ބުނެފައިއެވެ.

މި ފިލްމް ގެ ލީޑުން އަނިލް ފެނިގެން ދާއިރުގައި މި ފިލްމަކީ ބައްޕައާއި ދަރިފުޅުގެ ގުޅުމާއި ބެހޭގޮތުން އުފައްދާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.