"ޔޯދާ" މިއަންނަ ސެޕްޓެންބަރު 7 ގައި

"ޔޯދާ" މިއަންނަ ސެޕްޓެންބަރު 7 ގައި

Author
ފާތިމަތު ނާވީ
03 ޖޫން 2023 07:21
0

ބޮލީވުޑް އެކްޓަރު ސިދާތު މަލްހޯތުރާގެ ކުރިއަށް އޮތް ފިލްމު "ޔޯދާ" މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ނިންމައިފިއެވެ.

މި ފިލްމް ކުރިން ރިލީޒް ކުރުމަށް ނިންމައިފައި އޮތީ މިއަހަރުގެ ސެޕްޓެންބަރު 15 ގައިއެވެ. ނަމަވެސް ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން" އެދުވަހު ރިލީޒް ކުރަން ނިންމުމުން ފިލްމް އެޅުވުން އަވަސް ކޮށްލީއެވެ. ނަމަވެސް މިހާރު ޝާހުގެ ފިލްމް އަޅުވާނެ ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ. ފިލްމް އޮތީ ވާނުވާ ވަތްގަނޑުގައިއެވެ.

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

"ޖަވާން" އަޅުވާ ތާރީހަށް ގެނައި ބަދަލާއި ގުޅިގެން އިންޑިއާގެ ރިލީޒިންގ ކަލަންޑަރަށް ބޮޑު ބަދަލުތަކެއް ދަނީ އަންނަމުންނެވެ. އެގޮތުން މި ފިލްމުގެ އިތުރުން އެހެން ބައެއް ފިލްމުތަކުގެ ރިލީޒް ތާރީޚް ދަނީ ބަދަލު ކުރަމުންނެވެ. ޝާހުގެ ފިލްމަކާއި މުޑި އަރައިފި ނަމަ ފިލްމް އަށް ލިބޭ ތަރުހީބަށް އަސަރު ކުރާކަށް ފިލްމް މޭކާއިން ބޭނުމެއް ނުވެއެވެ.

އަނެއްކޮޅުން ޝާހުގެ އެނބުރި އައުން ވެގެން ގޮސްފައިވަނީ އަހަރުގެ އެންމެ ކާމިޔާބު އަދި ގިނަ ރެކޯޑްތަކެއް މުގުރާލި ކާމިޔާބު ފިލްމައަށެވެ. އެއާއި އެކުވެސް ގިނަ ފިލްމް މޭކާ އިން ތިބީ ބިރުންނެވެ.

 

View this post on Instagram

 

A post shared by Raashii Khanna (@raashiikhanna)

ސައުތުގެ ތަރި ރާޝީ ކަންނާ ބޮލީވުޑަށް ތައާރަފުވާ ފިލްމްގެ ލީޑުން ސިދާތް ފެނިގެން ދާއިރުގައި މި ފިލްމް ގެ މުހިންމު ރޯލަކުން ދިޝާ ޕަޓާނީ ވެސް ފެނިގެން ދާނެއެވެ.

ދަރްމާ ޕްރޮޑަކްޝަންގެ "ޔޯދާ"ގެ މަންޒަރުތައް މުމްބާއީ، ލޮނާވްލާ އަދި ދިއްލީގައި ނެގުމަށް ވަނީ ހަމަޖެހިފައިއެވެ. މި ފިލްމް ޑައިރެކްޓް ކުރަނީ ސާގްރަ އަމްބްރޭ އާއި ޕުޝްކަރު އޯޖާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.