ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އެކްޓަރ ޒަހީރު އިގްބާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ފާއިތުވެ ދިއަ ފަސް އަހަރެއްހައި ދުވަހުގެ ތެރޭގައި މި ވާހާކަތަށް މީޑިއާއިން އަންނަނީ ދައްކަމުންނެވެ. ނަމަވެސް މި ވާހަކަތަކަށް ދެ ތަރިން ކުރެ އެއްވެސް މީހަކު އެއްބަސް ވެފައި އެއް ނުވެއެވެ. އަދި ހަމަ އެއާއި އެކުގައި މިކަން ދޮގު ކޮށްފައިއެއް ނުމެވެއެވެ.
ނަމަވެސް މި ދެމީހުން ރައްޓެހިވެގެން އުޅޭ ކަމުގެ އިޝާރާތެއް މިދިއަ އަހަރުގެ ސޮނާޝީގެ އުފަންދުވަހާއި ދިމާކޮށް ޒަހީރު ވަނީ ދީފައިއެއެވެ. އޭނާ ޕޯސްޓްކުރި އުފަންދުވުގެ ތަހުނިޔާގެ ޕޯސްޓުގައި "އައި ލަވް ޔޫ" ލިޔެ ސޮނާކްޝީ ދެކެ ލޯބިވާކަން ވަނީ ހާމަ ކޮށްފައިއެވެ.
އެއާއި އެކުގައި އެމީހުން ރައްޓޭހިވެގެން އުޅޭ ކަމުގެ އަޑުތަށް އަނެއްކައިވެސް ވަރަށް ބޮޑަށް ގަދަވެގެން ދިއައެވެ. އެއާއި އެކު އަނެއްކައިވެސް ޒަހީރު މި ވަނީ އެކަން އިތުރަށް ޔަގީން ކޮށްދީފައިއެވެ.
މިފަހަރުވެސް ހަަމަ ސޮނާކްޝީގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ސޯޝަލް މީޑިއާއަށް ލީ ޕޯސްޓްގައި މިފަހަރުވެސް "އައި ލަވް ޔޫ" ވަނީ ލިޔެފައިއެވެ.
އެކަމަކު މިހާތަނަށް އެ ދެ މީހުން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ. ނަމަވެސް އިއްޔެ ފާހަގަ ކުރި 36 ވަނަ އުފަން ދުވަހާ ގުޅުވައި ތަހުނިޔާ ކިޔަން ޒަރީރު އިންސްޓަގްރާމްކުރި ޕޯސްޓްގައި އޮތް އެއް އިބާރާތަކުން އޭނަ އާއި ސޮނާކްޝީ ރައްޓެހިވެގެން އުޅޭކަން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޒަހީރަކީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2019 ގެ ފިލްމު "ނޯޓްބުކް" އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރެކެވެ. މާ ގިނަ ފިލްމް ތަކުން ޒަހީރު މިހާތަނަށް ފެނިފައިއެއް ނުވެއެވެ.
ނަމަވެސް ސޮނާކްޝީ އާއި ޒަހީރު އާއި ދެމީހުން މީގެ ކުރިން ވަނީ ވީޑިއޯ ލަވައެއް ވެސް ކުޅެފައިއެވެ. އަދި ދެމީހުންގެ ކެމިސްޓްރީ މި ލަވައިން ވަނީ ދައްކައިލައިފައިއެވެ.
އެދެމީހުން އެންމެ ފަހުން ފެނިގެން ދިއައީ މިދިޔަ އަހަރުގެ "ޑަބަލް އެކްސްއެލް" އިންނެވެ. މީ މިދެމީހުން އެކުގައި ފެނިގެން ދިއަ ފުރަތަމަ ފިލްމްވެސް މެއެވެ.
ކޮމެންޓު ފޮނުވާ