އެއްވުންތަކުގައި ހަމަނުޖެހުން ހިންގާ ސިޔާސީ ލީޑަރުން ފިލާނެ، ރައްޔިތުން ސަމާލުވޭ: އިމްރާން

އެއްވުންތަކުގައި ހަމަނުޖެހުން ހިންގާ ސިޔާސީ ލީޑަރުން ފިލާނެ، ރައްޔިތުން ސަމާލުވޭ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2023 01:29
0

އެއްވުންތަކުގައި ހަމަނުޖެހުން ހިންގާ ސިޔާސީ ލީޑަރުން ފިލާނެ ކަމަށާއި، ރައްޔިތުން އެކަމަށް ސަމާލުވުމަށް ހޯމް މިނިސްޓަރ އިމްރާން ގޮޮވާލައިފިއެވެ.

މިނިސްޓަރ އިމްރާން މިގޮތަށް ގޮވާލީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން މިރޭ މާލޭގައި ބާއްވާ ބޮޑު އެއްވުމާއި ގުޅުވައިގެން ކުރެއްވި ޓުވީޓުގައެވެ. މިރޭ ކާނިވާ ސަރަހައްދުގައި 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުން ބައިވެރިވާނެކަމަށް ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ ސިޔާސީ ބައެއް ލީޑަރުންނަކީ އެއްވުންތަކަށް ގޮވާލައި އާންމު ރައްޔިތުން އެއްވުންތަކަށް ގެނައުމަށްފަހު ރައްޔިތުން ލައްވައި ގޯސް ހެދުމަށްފަހު ފިލާ ބައެއް ކަމަށެވެ. މިފަދަ ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުން މީހުން ހައްޔަރުކޮށް އަދަބުތައް ދޭއިރު، ސިޔާސީ ލީޑަރު ހައްޔަރުވުމުގެ ކުރިން ފިލާ ކަމަށް އިމްރާން ވިދާޅުވިއެވެ. މިއީ ދިވެހި ރައްޔިތުން މިކަމާއި ނުހަނު ވިސްނައި ސަމާލުވާން ޖެހޭ ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ސިޔާސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ އެވުންތަކަށްގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހައްދާފަ މައިދާނުން ފިލައިގެން ދިއުން. ކުށްވެރިވެ އަދަބު ލިބޭނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިއްބަވާނީ ފިލާ! ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް އެއްވެސް ރައްޔިތަކު މިގޮތަށް ވިޔަ ނުދެއްވާ.

– އިމްރާން ވިދާޅުވިއެވެ.

ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުގައި ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ކުރީގެ ދެ ވަޒީރުން ކަމަށްވާ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނެއެވެ.

މީގެއިތުރުން މި އިއްތިހާދުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް އަލީ ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ ޕާޓީން ބުނެއެވެ.

މާލޭ އާޓިފިޝަލް ބީޗްގައި ބާއްވާ މި އެއްވުމުގައި، ކަނޑުގެ ސަރަހައްދު ވިއްކުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށް އެ އިއްތިހާދުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާދަމް
އަމްރާނަކީ ފިނޑިއެއް