"އަދިޕުރުޝް" ގެ އިތުރު ޕޯސްޓަރުތަކެއް

"އަދިޕުރުޝް" ގެ އިތުރު ޕޯސްޓަރުތަކެއް

Author
ފާތިމަތު ނާވީ
02 ޖޫން 2023 02:18
0

ސައުތުުގެ ފިލްމު އިންޑަސްޓްރީގެ އެންމެ ނަންހިގާ އެއް އެކްޓަރު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "އަދިޕުރުޝް" ގެ އައު ޕޯސްތަރުތަކެއް އަނެއްކައިވެސް ދައްކައިލައިފިއެވެ.

ސޯޝަލް މީީޑިއާގައި މިފިލްމްގެ ޕްރޮމޯޝަން ތަށް ކުރިއަށް ގެންދާތާ މިހާރު ދުވަސްކޮޅެއް ވެފައިވާ އިރުގައި ފިލްމްގެ ލީޑުން ފެނިގެންދާ ތަރިންތަށް ޕޯސްޓަރު ތަކުން ވަނީ ދައްކައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ސައިފް މި ފިލްމުގައި ކުޅެފައިވަނީ ނެގެޓިވް ރޯލެކެވެ. އަދި ހީރޯގެ ގޮތުގައި ޕްރަބާސް ފެނިގެންދާއިރު ކްރިތީ އަކީ އޭނާގެ ލޯބިވެރިޔާއެވެ. މި ތިން ތަރިންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ސަނީ ސިންގ، ދޭވްދައްތާ ނާގޭ، ވަޓްސަލް ޝެތު، ސޯނަލް ޗޯހަން އަދި ތުރުޕްތީ ތޮރަޑްމާލް ފަދަ ތަރިން ފެނިގެންދާނެއެވެ.

ހިންދޫ މީތޮލޮޖިކަލް ފިލްމު އަދިޕުރުޝްގެ ޓީޒާގައި، ފިލްމުގެ ލީޑު ތިން ތަރިން ކަމަށްވާ ޕްރަބާސްއާއި ސައިފް އަލީ ޚާނާއި ކްރިތީ ސެނޮން ފިލްމުގައި ފެންނާނެ ގޮތް ވަނީ ދައްކާލައިފައެވެ. މީ ޖުމްލަ 550 ކްރޯޑް ރުޕީސް (67 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ވަރަށް ގްރޭންޑް ކޯށް ހަދާ ފިލްމްއެކެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުކޮށް، އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ މި ހުރާފީ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ 16 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.