ލ.ގަމުގައި ތެޔޮ ބައުޒަރެއްގައި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ލ.ގަމުގައި ތެޔޮ ބައުޒަރެއްގައި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 11:28
0

ލ.ގަމުގައި ތެޔޮބައުޒަރެއްގައި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ ލ.ގަން މަތިމަރަދޫ މާރުކޭޓު ކުރިމަތިން ހައިވޭގައި ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 9:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާކަމަށެވެ.

މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

ލ.ގަމު ލިންކްރޯޑްގައި އޮކްޓޯބަރު މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާ މިދިޔަ މަހު މަރުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.