މިހާރު އެންމެވެސް އަޑުއަހާ ލަވައަކީ މީ

މިހާރު އެންމެވެސް އަޑުއަހާ ލަވައަކީ މީ

Author
ފާތިމަތު ނާވީ
01 ޖޫން 2023 04:30
0

މާދަމާ ރިލީޒް ކުރުމަށް ވަގުތު ކުޑަތަން ވެފައިވާ ފިލްމް "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ގެ ވަރަށް އަސަރުގަދަ ލޯބީގެ ލަވައެއް ކަމުގައިވާ "ފިރް އޯރް ކިޔާ ޗާހިޔޭ" މިވަނީ އެންމެން ނަށްވެސް ކަމުގޮސްފައިއެވެ.

މިހާރު ހުރިހާ ދިމާލަކުންވެސް އިވޭ މި ލަވަ އަކީ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" މި ފިލްމްގެ އެންމެ މަޝްހޫރު އެއް ލަވައެވެ. މި ލަވައިން ފެނިގެން ދަނީ ފިލްމްގެ ލީޑުން ފެނިގެންދާ ދެ ތަރިން ކަމުގައިވާ ސާރާ އަލީ ހާން އާއި ވިކީ ކޯޝަލްއެވެ.

ބޮލީވުޑްގެ ގިނަ ފިލްމް ތަކަކަށް އަސަރުގަދަ އަދި އެހާމެ ކާމިޔާބު އެތަށް ލަވައެއް ކިޔައިދީފައިވާ މަޝްހޫރު ލަވަ ކިއުންތެރިއާ އަރިޖީތު ސިންގް ގެ އަޑުން ވިރުވައި އަޅައިފައިވާ މި ލަވަ އަކީ އަމިތަބް ބަޓްއަޗާރިއާ ގެ ލިރިކްއެކެވެ.

މިދިޔަ އަހަރު ޝޫޓީން ނިންމާފައި އޮތް މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ ފިލްމްއެކެވެ. ސާރާ އާއި ވިކީ އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ.

ސާރާގެ އެންމެ ފަހުގެ ފިލްމަކީ މާޗް މަހު ގެނެސްދިން މިސްޓްރީ ތުރިލާ "ގޭސްލައިޓް" އެވެ. ވިކީގެ އެންމެ ފަގެ ފިލްމަކީ ކޮމެޑީ ތުރިލާ "ގޯވިންދާ ނާމް މޭރާ" އެވެ. އެފިލްމް ގައި ވިކީ އާއި އެކުގައި ފެނިގެން ދިއައީ ކިއާރާ އަދުވާނީ އަދި ބޫމީ ޕޭޑްނޭކަރްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.