2008 ވަނަ އަަހަރުގެ ފިލްމް "ރަބްނޭ ބަނާދޭ ޖޯޅީ" އިން ބޮލީވުޑް އަށް ތައާރަފްވި ހުނަރުވެރި ބަތަލާ އަނުޝްކާ ޝަރުމާ އަކީ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ބަތަލާ އެކެވެ.
އަނުޝްކާ ވެގެން ގޮސްފައިވަނީ ކޫޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދައި ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަން ފެށި ތަރި އަކަށެވެ.
އަނުޝްކާ ގެ މަސައްކަތް މިހާރު ފެންނަލެއް ކުރިއާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފައިއެވެ. އޭނާގެ ފިލްމް ތަށް މިހާރު ވަރަށް މަދުން ނޫނީ ނުފެނެއެވެ. އޭނާގެ މަސައްކަތް މަދުވި ސަބަބު ވަރަށް ސާފެވެ.
2021 ވަނަ އަހަރު އަނުޝްކާގެ ދަރިފުޅު ވަމިކާ އުފަންވުމަށްފަހު ފިލްމީ މަސައްކަތްތަކުން އޭނާ ވަނީ އެއްފަރާތަށް ޖެހިލާފަ އެވެ. އަދި ދަރިފުޅާއި އާއިލާ އަށް އޭނާ އަނަނީ ވަރަށް ގިނަ ވަގުތު ހުސްކުރަމުންނެވެ.
މި ފަހުން ދިން އިންޓަވިއު އެއްގައި ބަތަލާ ބުނި އޭނާ އަށް މިހާރު އެންމެ މުހންމީ އޭނާގެ ދަރިފުޅު ކަމަށެވެ. އަދި ފިލްމް ކުޅުން ކުރިއަށް އޮތް ތަނުގައި އަދި އެއަށް ވުރެ މަދުވެގެން ދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
"މިހާރު އެންމެ މުހިންމީ އާއިލާ. ހާއްސަކޮން ދަރިފުޅު. ފިލްމް ކުޅުމަސްވުރެ ބޮޑަށް ދަރިފުޅު މުހިންމު ވީމާ މިހާރު ދެން އަދި ކުރިއަށް އޮތް ތަނުގައި ފިލްމް ތަކުން ފެނުން ވަރަށް ބޮޑަށް މަދުވާނެ."
އަނުޝްކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އިންޑިއާގެ ކުޅިވަރު ޝަހްސިއްޔަތެއްގެ ބައޯޕިކް ފިލްމެއް ކަމަށްވާ "ޗަކްދާ އެކްސްޕްރެސް" އިންނެވެ. މި ފިލްމްގެ ޝޫޓިން މިހާރު ވަނީ ނިންމައިލައިފައިއެވެ.
ކޮމެންޓު ފޮނުވާ