ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އިމާރާތް ކުރަން އާރްސީސީއަށް

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އިމާރާތް ކުރަން އާރްސީސީއަށް

Author
އަޒްފާ ރަޝީދު
31 މެއި 2023 07:27
0

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އިމާރާތް ކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.

ކޮމަންޑޫގައި ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އެވެ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އިމާރާތް ކުރަން އާރްސީސީއަށް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 40.9 މިލިއަން ރުފިޔާއަށެވެ.

މިމަޝްރޫއަށް ޚަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސެވެ. ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތުގެ ވަށާފާރާއި، ހައުސިންގ ޔުނިޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމު ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެއެވެ. އަދި ޕާރކަކާއި ވެހިކަލް ޕާރކް ކުރާނެ ސަރަހައްދެއް ގާއިމް ކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.