ސޯނޫ ސްކޫލެއް ހުޅުވަނީ

ސޯނޫ ސްކޫލެއް ހުޅުވަނީ

Author
ފާތިމަތު ނާވީ
31 މެއި 2023 08:06
0

މީގެ ކުރިންވެސް ބޭނުން ޖެހިފައިތިބި އެތަށް ބަޔަކަށް މަދަދު ފޯރުކޮށްދީފައިވާ އެކްޓަރު ސޯނޫ ސޫދު ބިހާރުގައި އިންޓަނޭޝަނަލް ސްކޫލެއް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

މި ސުކޫލަކީ މާލީ ދަތިކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ރަނގަޅު ފެންވަރުގެ ތައުލީމީ ފުރުސަތު ފަހިކޮށް ދިނުމުގެ މަގުސަދުގައި ހުޅުވާ ސުކޫލެކެވެ.

ސޯނު މަޝްހޫރު ވެގެން ގޮސްފައިވަނީ އިންސާނިއްޔަތަށް ހިދުމަތްކޮށްގެން އާންމުންނަށް ވަރަށް ދީލަތި މީހެއްގެ ގޮތުގައިއެވެ. މީޑިއާއިން ބުނާ ގޮތުގައި މިހާރު މި ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ސްކޫލަކީ ބިހާރުގެ 27 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ބުރެންދުރަ ކުމާރު މަހާޓޯ ކިޔާ ޒުވާނަކު އޭނަ އަދާކުރަމުން އައި ވަޒީފާ ދޫކޮށްލުމަށްފަހު ޔަތީމު ކުދިންނަށް ކިޔަވައިދިނުމަށް ސްކޫލެއް ހުޅުވައި އެތަނަށް ސޯނޫގެ ނަން ދީފައިވާތީ އެވެ.

ސޯނޫ މިހާރު ނިންމާފައިވަނީ އެސްކޫލު ރަގަޅު ފެންވަރަކަށް ތަރައްގީކުރުމަށްފަހު އިންޓަނޭޝަނަލް ސްކޫލަކަށް އެތަން ބަދަލުކުރުމަށެވެ. އެގޮތުން މިހާރު އެމަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

މިސްކޫލުގައި މިހާރުވެސް 110 ކުދިން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސޯނޫ ސޫދު މިސުކޫލު ތަރައްގީކުރަނީ އެތަނުގައި ފަގީރު ކުދިންނަށް ދިރިއުޅެވޭ ގޮތަށެވެ.

ސޯނޫ ސްކޫލެއް ހުޅުވާ އިރު، މީގެ ދެ އަހަރު ކުރިން އޭނަގެ މަންމަ އަދި މަރުވެފައިވާ ކުރީގެ ޕްރޮފެސަރު ސަރޯޖް ސޫދުގެ ނަމުގައި ހިލޭ ސްކޮލަޝިޕްތަކެއް ވެސް ތައާރަފުކޮށްފައިވެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.