ޑްރާމާ ސިލްސިލާ ތަކުން މަގުބޫލުކަން ހޯދައިފައިވާ ބަތަލާ ސުރްބީ ޖަޔޯތީ ރާއްޖޭ ގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ސުރްބީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮކޯ ބޮޑު ހިތި ރިސޯޓްގައިއެވެ. އޭނާ އާއި އެކު މިދަތުރުގައި ބައިވެރި ވެފައިވަނީ ސުރްބީގެ ލޯބިވެރިޔާ ކަމަށް ގިން ބަޔަކު ބުނަމުން އަންނަ ރިތްވިކް ދަންޖާނީއެވެ.
ދެމީހުން އެކުގައ ނަގައިފައިވާ ފޮޓޯ އަދި ވީޑިއޯ ތަށް ސުރްބީ އަންނަނީ އޭނާގެ އިންސްތަގްރާމް ގައި ހިއްސާ ކުރަމުންނެވެ. އެމީހުން އަންނި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. މި ފަހުން އެމީހުން ވަނީ ތުރުކީގައި ވެސް ދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށްފައިއެވެ.
އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ގިނަ ބަޔަކު ބުނިނަމަވެސް އެކަން އަދި ކަށަވަރު ނުވެއެވެ. ދެމީހުން ކުރެ އެކަކުވެސް އެކަކަށް އަދި ކޮމެންޓް ކޯށްފައިއެއް ނުވެއެވެ. ސުރްބީ ރާއްޖެ އައިސްފައިވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ. މިމަހުގެ 29 ވަނަ ދުވަހުގައި އޭނާ އަށް ވަނީ 35 އަހަރު ވެފައިއެވެ.
ރިތްވިކް މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އަޝާ ނެގީއާއިއެވެ. ދެމީހުން އުޅެމުން ދިއައީ ލިވިންގ ރިލޭޝަން ޝީޕްއެއްގައިއެވެ. ނަމަވެސް އެމީހުންގެ 7 އަހަރުގެ ދިގު ލޯބިގެ ގުޅުން ނިމުމަށް އައި ފަހުން ރިތްވިކް ފެނިގެން ދަނީ މުޅިން ހެންވެސް ސުރްބީ އާއި އެކުގައިއެވެ.
އަދި ދެމީހުން އެކި ގައުމު ތަކުގައި ޗުއްޓީ ހޭދަކުރަމުން ދާނަކަން އިންސްޓަގްރާމް މެދުވެރިކޮން ސުރްބީ އަންނަނީ އިއުލާން ވެސް ކުރަމުންނެވެ.
ބައެއް ޑްރާމާ ސިލްސިލާ ތަކުގެ އިތުރުން ރިތްވިކް އަކީ މަޝްހޫރު ހޯސްޓެއް ވެސް މެއެވެ. އަދި ބައެއް ރިއަލިޓީ ޝޯވ ތަކުގައިވެސް އޭނާ ވަނީ ވާދަ ކޮށްފައިއެވެ. އަނެއްކޮޅުން ސުރްބީ މަޝްހޫރު ވެގެން ގޮސްފައިވަނީ "ގުބޫލް ހޭ" އިންނެވެ. މީ 2012 އިން 2016 އަށް ގެނެސްދިން މަޝްހޫރު ޑްރާމަ ސިލްސިލާ އެކެވެ.
ކޮމެންޓު ފޮނުވާ