އެންމެންނާއި ގުޅޭ އިބްރާހިމް މަމްނޫން ކުއްލިގޮތަކަށް ބަލިވެ އިތުރު ފަރުވާއަށް ބޭރަށް ފުރުވާލައިފިއެވެ.
މަމްނޫން ކުއްލިގޮތަކަށް ބަލިވެ އޭޑީކޭ ގައި އެޑްމިޓްކޮށް ފަރުވާ ހޯދުމަށްފަހު މިއަދު ވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ފުރާފައެވެ. މައްމު އަކީ ގިނަބައެއްގެ ލޯބިލިބިފައިވާ ހިއްހެޔޮ އެންމެނާވެސް ގާތްކަންބާއްވާ މަޖާ މިޒާޖެއްގެ ގާތް މިތުރެކެވެ.
މަމްނުއަކީ މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. މިހާރު މައްމު އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. ޖޭޕީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މައްމު ވަނީ ދެވަނަދައުރަކަށް އިންތިޚާބްވެފައި. ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވަނީ މައްމުގެ ހާލުބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވާފައެވެ.
އަދި ދިވެހިރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ މައްމުގެ ހާލު ބެއްލުވުމަށް ހޮސްޕިޓަލަސް ވަޑައިގެންފައެވެ. ނައިބް ރައީސް ވަނީ މައްމުގެ އާއިލާއާއި ބައްދަލުކޮށް ހާލަތު އޮޅުން ފިލުވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްމު އަށް ވަނީ ސްޓްރޯކެއް ޖެހި، ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ފަންކްޝަން ދަށްވެފަައެވެ.
މައްމުއަކީ ފުޓުބޯޅައަށް ލޯބިކުރާ، ފުޓުބޯޅަ މޮޅަށް ކުޅުނު މީހެކެވެ. އަދި އޭނާއަކީ މާލޭގެ ގިނަ ޒުވާނުންނާއި ގުޅޭ މީހުންނާއި ވަރަށް ގާތްކޮށް އުޅޭ މީހެކެވެ.
ޚަބަރު އޮންލައިންގެ ފަރާތުންވެސް މައްމުއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމެވެ.