ގުރައިދޫގެ 2،000 އަކަފޫޓުގެ ބޮޑުމިނުގެ ގޯއްޗެއް ވިއްކާލަން ބީއެމްއެލްއިން އިޢުލާން ކޮށްފި

ގުރައިދޫގެ 2،000 އަކަފޫޓުގެ ބޮޑުމިނުގެ ގޯއްޗެއް ވިއްކާލަން ބީއެމްއެލްއިން އިޢުލާން ކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ގުރައިދޫގައި ހުރި "ވެލި" ނަމަކަށް ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައި ހުރި އެންމެހާ އިމާރާތްތައް ނީލަމުގައި ވިއްކާލުމަށް އިޢުލާން ކޮށްފިއެވެ. މި ގޯއްޗަކީ 2،000 އަކަފޫޓުގެ ބޮޑުމިނުގެ ގޯއްޗެއް ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދީފައިވެއެވެ. މި ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 920،500 (ނުވަލައްކަ ވިހިހާސް ފަސްސަތޭކަ) ރުފިޔާއިންނެވެ.

ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު 10 ފެބުރުވަރީ 2025 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، މި މުއްދަތު ހަމަވާ ވަގުތު ނީލަމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ބީއެމްއެލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހެއްގެވެސް އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv ގައި ޝާއިޢުކުރެވޭނެއެވެ. އަދި އެންމެ މަތީ އަގު ކަމުގައި އިޢުލާންކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާންކުރެވޭ ތާރީޚުން ފެށިގެން ޖެހިޖެހިގެން 5 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުން ނީލަން ނިންމާލެވޭނެކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *