ރިއަލް މީ ގެ އެމްބެސެޑަރަކަށް ޝާހްރުކް

ރިއަލް މީ ގެ އެމްބެސެޑަރަކަށް ޝާހްރުކް

Author
ފާތިމަތު ނާވީ
29 މެއި 2023 05:55
0

ޗައިނާގެ އުފެއްދުން ކަމުގައިވާ ރިއަލް މީ ސްމާޓް ފޯން ބްރޭންޑްގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ހަމަޖައްސައިފި އެވެ.

ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި ރިއަލްމީ އިން އިންޑިއާގައި ހުންނަ އާ ބްރޭންޑް އެމްބެސެޑަރަކަށް ޝާހްރުކް ޚާން ހަމަޖައްސާފައިވާކަން އެކުންފުނިން ވަނީ އިއުލާނުކޮށްފަ އެވެ. ޗައިނާގެ ކުންފުނިން އޭނަ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމަށް ފަހު ބުނީ ޝާހްރުކާ އެކީ ގެންދެވޭ ޕްރޮމޯޝަނަލް ކެމްޕޭންތަކުގެ ސަބަބުން ފޯނަށް ބޮޑު މަގުބޫލު ކަމެއް ލިބޭނެ ކަމަށެވެ.

އެއާއި އެކުގައި ރިއަލް މީ 11 ސީރީޒްގެ ރިއަލް މީ 11 ޕްރޯ އާއި ރިއަލް މީ 11 ޕްރޯ ޕްލަސް އޭނާ އިޝްތިހާރު ކުރަން ފަށާނެއެވެ. އޭނައާ އެކީ ރިއަލްމީގެ އެންމެ ފަހުގެ ފޯނުތައް އިޝްތިހާރު ކުރާނީ "ޑެއާ ޓު ލީޕް" ޓެގް ލައިނާ އެކީގަ އެވެ.

އުމުރުން 57 އަހަރުގެ ޝާހްރުކްއަކީ ގިނަ ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް ދީގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބޮލީވުޑްގެ އެއް ފަންނާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.