ބޮލީވުޑް އެކްޓަރު ރަންދީޕު ހުޑާގެ ކުރިއަށް އޮތް ފިލްމް "ސްވަތަންތްރާ ވީރް ސްވަރްކާރް" ޓީޒާއެއް ދައްކާލައި މި އަހަރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން އިއުލާންކޮށްފި އެވެ.
މި ފިލްމް އަކީ "ފްރީޑަމް ފައިޓާ" ގެ ގޮތުގައި މަޝްހޫރު ވިނަޔަކް ދަމޯދަރު ސަވަރްކާރުގެ އުފަންވިތާ 139 އަހަރު ފުރޭ ދުވަހާ ދިމާކޮށް ނެރޭ ފިލްމެކެވެ. ވިނަޔަކްގެ ރޯލުން ފެންނާނީ ރަންދީޕެވެ. ވިނަޔަކްގެ އަސްލު ވާހަކައަކީ އެހާ ގިނަ ބަޔަކަށް އެނގޭ ވާހަކައެއް ނޫނެވެ.
މި ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކުރުމުގެ އިތުރަށް މީގެ ޓައިޓްލް ރޯލު ވެސް ކުޅެނީ ރަންދީޕް އެވެ. ނަމަވެސް ފިލްމް ގެ އިތުރު ކާސްޓެއް އަދި ނޭގެއެވެ.
މި ފިލްމް އަދި ރިލިޒް ކުރާނެ ވަކި ތާރީހެއް އާންމު ކޮށްފައި ނުވި ނަމަވެސް ފިލްމް މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރިލީޒް ކުރާނެއެވެ.
ކޮމެންޓު ފޮނުވާ