މޯނީ ރެސްޓްރޯރަންޓެއް ހުޅުވައި، ވިޔަފާރި ދާއިރާއަށް

މޯނީ ރެސްޓްރޯރަންޓެއް ހުޅުވައި، ވިޔަފާރި ދާއިރާއަށް

Author
ފާތިމަތު ނާވީ
29 މެއި 2023 04:49
0

ޑްރާމާ ސިލްސިލާ ތަކުން މަގްބޫލު ކަން ހޯދުމަށް ފަހު ބޮލީވުޑްގައި މިހާރު މަސައްކަތް ކުރަމުން އަންނަ ރީތި ބަތަލާ  މޯނީ ރޯއި ރެސްޓްރޯރަންޓްގެ ވިޔަފާރި އަށް ވަދެއްޖެ އެވެ.

މޯނީ އިންވެސްޓް ކޮށްފައިވަނީ "ބަދުމާޝް" ގެ ނަމުގައި ވީއެންޑްރޯ ހޮސްޕިޓާލިޓީ ގްރޫޕުން ހިންގަމުން އަންނަ ރެސްޓޯރަންޓް ވިޔަފާރިއަށެވެ. މީ މުމްބައިގައި ހުޅުވައިފައިވާ ރެސްޓޯރެންޓްކއެވެ.

މި ރެސްޓްރޯރަންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަކޮށްގެން ހުޅުވި ރެސްޓްރޯރަންޓެއް ކަމަށް މޯނީ ވަނީ ބުނެފައިއެވެ. އަދި މީގެ އިތުރުން ތަފާތު ވައްތަރުގެ ބުއިންތައް ވެސް މި ރެސްޓްރޯރަންޓުން ލިބިގެންދާނެ އެވެ.

 

View this post on Instagram

 

A post shared by Mumbai Foodie™ (@mumbaifoodie)

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ބަތަލާ ވަނީ މިދިއަ އަހަރު ދުބާއީ ބޭސްޑް ވިޔަފާރީ ވެރިއަކާއި ކައިވެނި ކޮށްފައިއެވެ. އަދި އޭނާ މިހާރު ގިނައިން އުޅެމުން އަންނަނީ ވެސް ދުބާއީގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.