އިތުރު ދައުރަކަށް އީސީއަށް ނަޝާތު އައްޔަން ކުރުމަށް ފޮނުވައިފި

އިތުރު ދައުރަކަށް އީސީއަށް ނަޝާތު އައްޔަން ކުރުމަށް ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
29 މެއި 2023 10:01
0

އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުރި އަލީ ނަޝާތު އައްޔަން ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވި ނަޝާތުގެ ދައުރު ހަމަވާތީ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ކުރި އިއުލާނަށް އިޖާބަދިން ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެނަންފުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ނަމަކީ ކޮމިޝަންގެ މިހާރުވެސް މެމްބަރު ޢަލީ ނަޝާތުގެ ނަންފުޅެވެ.

ނަޝާތުގެ ނަންފުޅު ދިރާސާ ކުރެއްވުމަށްވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުވައްސަސާ ތަކާއިބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

5 އަހަރުގެ ދައުރަކަށް އައްޔަންކުރައްވާ ކޮމިޝަނުގެ މެމްބަރުކަމަށް ޢަލީ ނަޝާތު އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ. ކޮމިޝަންގައި ނަޝާތު ގެންދަވަނީ 2018 ވަނަ އަހަރުން ފެށިގެން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.