ފުވައްމުލަކު ހޮސްޕިޓަލު އައު އިމާރާތުގެ މަސައްކަތްތައް ބަޔަކާ ޙަވާލުކޮށްފި

ފުވައްމުލަކު ހޮސްޕިޓަލު އައު އިމާރާތުގެ މަސައްކަތްތައް ބަޔަކާ ޙަވާލުކޮށްފި

Author
ޢަލީ އާދަމް
29 މެއި 2023 08:06
0

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ އައު އިމާރާތުގެ މަސައްކަތްތައް ކުރުމަށް، އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިމަސައްކަތުގެ ޖުމްލަ އަގަކީ، 2,955,230.78ރ (ދެމިލިއަން ނުވަލައްކަ ފަންސާސްފަސްހާސް ދުއިސައްތަ ތިރީސް ރުފިޔާ ހަތްދިހަ އަށްލާރި)އެވެ. މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ މީލާދީގޮތުން 100 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުވެސް ވަނީ ފުވައްމަލުކު ހޮސްޕިޓަލުގައި އައު އިމާރާތެއް ހުޅުއްވައިދެއްވާފައެވެ. އެޢިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އެއާއެކު ސްޕީޗް ތެރަޕީގެ ޚިދުމަތް ވަނީ އެހޮސްޕިޓަލުގައި ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.