ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތްތައް ދަނީ ކުރިޔަށް: މިނިސްޓަރ

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތްތައް ދަނީ ކުރިޔަށް: މިނިސްޓަރ

Author
އަޒްފާ ރަޝީދު
28 މެއި 2023 07:39
0

ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ކަންކަން ތަންފީޒްކުރުމަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކޮށް، ޢިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ފ. ބިލެއްދޫ ސްކޫލުގައި ސަރުކާރުން ތަރައްޤީކުރެއްވި މަލްޓިޕަރޕަސް ހޯލް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެއް ދަންފަޅި އަށް ކިޔެވުން ބަދަލުކުރުމުގެ ކުރިން ދިރާސާއެއް ކޮށްފައިވާ ކަަމަށާއި އިމާރާތްތައް ކުރަން ފެށީ އެ ދިރާސާއަށް ފަހުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް ޒުވާނުންނަށް ތައުލީމާއި ތަމްރީންފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުން ތަރުބިއްޔަތުކުރުމުގައި ދަރިވަރުންނަކީ ކެރޭ ހުނަރުވެރި ބަޔަކަށް ހެދުމަށް އިސްކަން ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ދަރިވަރުންނަކީ އުނގެނުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށާއި ދަރިވަރުންގެ ކިބައިގައި ރަނގަޅު އަޚުލާގެއް އަށަގެންނެވުމަށް ވެސް ސަރުކާރުން އިސްކަން ދެއްވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް މި ވެރިކަމުގައި ތައުލީމީ ދާއިރާއަށާއި މަދަރުސާތަކަށް ޢުމްރާނީގޮތުން ބޭނުންވާ ކުރިއެރުން ހޯދައި ދިނުމަށް ޖުމްލަ 247 މަޝްރޫޢު ހިންގާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރޭގައި 1716 ކްލާސްރޫމާއި، 92 މަލްޓިޕާޕޮސް ހޯލް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.