"ކޮތަރު ކޮށި" ހައްޤު ހޯދަން ޖަމްޢިއްޔާއެއް ވުޖޫދަށް

"ކޮތަރު ކޮށި" ހައްޤު ހޯދަން ޖަމްޢިއްޔާއެއް ވުޖޫދަށް

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 08:18
0

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާފައިވާ 7،000 ފްލެޓު ދެމުންދާ ގޮތާއި، އަދި ގޯތި ހޯދުމަށް އެދިއެދި ތިބި ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ޖަމްއިއްޔާ އެއް އުފައްދައިފިއެވެ.

"ކޮތަރު ކޮށި" ގްރޫޕުން "އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މިޖަމްއިއްޔާއަކީ އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި މިނޫންވެސް އިޖުތިމާއީ މައްސަލަތަކުގައި އާއްމުންގެ އަޑު އުފުލުމެވެ. މިފަދަ މައްސަލަތަކުގައި އާއްމުންނަށް އެކުވެރިކަމާއެކު އިދާރާތަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިނުމަކީ ވެސް ޖަމިއްޔާގެ މަޤުޞަދެކެވެ.

އާއްމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މިވަގުތަށް އެ ޖަމިއްޔާއިން އެއްމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ހިޔާ ފްލެޓާއި ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިންނާއި ބައްދަލުކޮށް "ކޮތަރު ކޮށި" ގްރޫޕުގެ 3،700 މެންބަރުންގެ ހައްގުގައި ވާހަކަ ދައްކަން އެދިފައިވެއެވެ.

ހުޅުމާލޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި 7000 ފްލެޓު ނުދީ ލަސްކުރަމުން ދާތީ އާއި އަދި ކުރިން ފްލެޓް ލިބުނު އެތައް ބައެއްގެ އަތުން ފްލެޓް އަތުލުމަށްފަހު ޝަރުތު ހަމަނުވާ އެހެން މީހުންނަށް ފްލެޓްތައް ބަހާލަމުން ގެންދާތީ "ކޮތަރު ކޮށި" ގްރޫޕުން ދަނީ މެދުކެނޑުމެއްނެތި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

7،000 ފުލެޓުގެ ތެރެއިން އެންމެ ގިނަ މީހުން އެދުނު H7 ކެޓަގަރީއަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވާއިރު، ފްލެޓް ކުރިން ލިބުނު ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ޝަރުތު ހަމަނުވާކަަށްބުނެ ވަނީފްލެޓް އަތުލާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މި ފްލެޓްތަކުން ގިނަ ބަޔަކަށް ފްލެޓް ދޭން ލިޔުން ހަވާލުކޮށް ފްލެޓަށް ދިނުމުގެ މަސައްކަތް ކޮށްފައި ވީނަމަވެސް މިސަރުކާރުން ވެރިކަމަށް އައިސް ލިސްޓުތަކަށް އަލުން ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

މާލެއާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފަވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް މިސަރުކާރަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށް ކަމަށްބުނެ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ސިލްސިލާކޮށް ދަނީ އަޑު އުފުލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.