ޔޫކުރެއިން ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމަށް ޗައިނާއިން މަސައްކަތް ކުރަނީ

ޔޫކުރެއިން ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމަށް ޗައިނާއިން މަސައްކަތް ކުރަނީ

Author
ހުސެއިން
27 މެއި 2023 04:53
0

ރަޝިއާއާއި ޔޫކުރެއިންއިން ކުރަމުންދާ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް، ޗައިނާއިން ޔޫރޭޝިއަން އެފެއާޒް (ޔޫރަޕާއި އޭޝިއާ)އަށް އައްޔަން ކޮށްފައިވާ ސްޕެޝަލް އެންވޯއީއާއި ހަވާލާދީ ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ލީ ރަޝިއާގެ ފޮރިން މިނިސްޓަރ ސާގޭ ލާވްރޯވްއާއި ބައްދަލުކޮށް، ރަޝިއާ ޔޫކުރެއިން މައްސަލާގައި އެެއްވެސް ފަރާތަކަށް ނުޖެހި، އަދި ސުލްހައިގެ ވާހަކަތަށް ދެއްކުމަށް ބާރުއަޅާކަމަށް ވިދާޅުވިކަމަށްވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ޗައިނާއިން ރަޝިއާއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަންވެސް ކުރައްވާފައިވާ ލީ ވަނީ ރަޝިއާގެ ފޮރިންގ މިނިސްޓަރ ލާވްރޯވްގެ އިތުރުން ދެ ޑެޕިއުޓީ މިނިސްޓަރުންކަމަށްވާ އަންޑްރޭ ރުޑެންކޯއާއި މިޚައިލް ގަލުޒިންއާވެސް ބައްދަލު ކުރައްވާފައެވެ.

ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ގޮސްފައިވާއިރު، މި ހަނގުރާމާ އެއްވެސް ގައުމަކަށް ކާމިޔާބު ވަމުންނެއް ނުދެއެވެ. އަދި ދެގައުމުގެވެސް އެތައް ހާސް ސިފައިން މަރުވެ، ޔޫކުރެއިންގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހަނގުރާމާގައި މަރުވެ، އެތައް މިލިއަން ބަޔަކުވަނީ ޔޫކުރެއިން ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައެވެ.

އަދި ޔޫކުރެއިން މިހާރު ތައްޔާރުވަމުން ދަނީ، ރަޝިއާއިން ހިފާފައިވާ އެގައުމުގެ ބިންތައް އަތުލުމަށް އަލުން އާފެށުމަކުން އާހަލާތަކެއް ފެށުމަށް ތައްޔާރު ވަމުންނެވެ.

ޔޫކުރެއިންއިން ރަޝިއާއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ހުޅަނގުގެ ގައުމުތަކުންދަނީ އެންމެ ފަހުގެ ހަތިޔާރު އެގައުމަށް ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.