މީގެ ދުވަސް ކޮޅެއް ކުރިން ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑިކުރޫޒް ވަނީ އެނާގެ ބޭބީ ބަމަޕްގެ ފޮޓޯތަކެއް ފޭނުން ނާއިި ހިއްސާ ކޯށްފައިއެވެ. އެއީ އޭނާ ބަނޑުބޮޑޫކަން އިއުލާން ކުރި ފަހުން އާންމު ކުރި ފުރަތަމަ ފޮޓޯ ތަކެވެ.
ނަމަވެސް އަނެއްކައިވެސް ރީތި ބަތަލާ މި ވަނީ އިތުރު ފޮޓޯތަކެއް އާންމު ކޮށްފައިއެވެ. ބަނޑު ވަރަށް ފާޅު ވނެ ފަދަ ޕޯސްތަކެއްގައި ނަގައިފައިވާ މި ފޮޓޯ ތަކުގައި އޭނާ ފެންނަނީ ވަރަށް ބޮޑަށް އުފާވެފައި ހުއްޓައިއެވެ.
އޭނާ ބަނޑުބޮޑު ކަން އިއުލާން ކުރި ފަހުން ސޯޝަލް މީޑިއާގައި އަންނަނީ މާބަނޑު ވުމާއި ގުޅިގެން އޭނާ ކުރަމުން އަންނަ އުފާވެރި އިހުސާސްތަށް ހިއްސާ ކުރަމުންނެވެ. އަދި ހުރިހާ ފޮޓޯއެއްގައި ވެސް ފެނިގެން ދަނީ ނުހަނު އުފަލުން ހުއްޓައިއެވެ.
އިލިއާނާ ބަނޑުބޮޑުކަން އިއުލާން ކުރި ނަމަވެސް އޭނާ ކައިވެންޏެއް ނުކުރެއެވެ. އޭނާ ގެ ލޯބިވެރިއަކީ ނުވަތަ ކުއްޖާގެ ބައްޕަ އަކީ ކޮބައިތޯ ބެލުންމަށް ގިނަ ބަޔަކު ޝައުގުވެރިވެއެވެ. ނަމަވެސް މިހާތަނަށް ވެސް އަދި އެއީ ޖަވާބު ހޯދިފައި ނުވާ ސުވާލެކެވެ.
ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ ސެބެސްޓިއަން ލޯރެންޓް މިޝެލްއާ އިލިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް މީގެ ދުވަސްކޮޅެއް ކުރިން ފެތުރުނެވެ. ނަމަވެސް އެދެމީހުން ކުރެ އެކަކުވެސް ކަށަވަރުކޮށްދީ ފައިއެއް ނުވެއެވެ. އަދި ހަމަ އެހެންމެ ދޮގެއްވެސް ނުމެ ކުރެއެވެ.
ކޮމެންޓު ފޮނުވާ