އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދަނީ ޓްރަމްޕް ރިޔާސީ މާފް ދެއްވުމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުން

ޓްރަމްޕް ރިޔާސީ މާފް ދެއްވުމާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެމެރިކާ ސަރުކާރުން ތަހުގީގު ކުރަނީ

ޓްރަމްޕް ރިޔާސީ މާފް ދެއްވުމާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެމެރިކާ ސަރުކާރުން ތަހުގީގު ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީމާފްދެއްވި ބައެއް ފަރާތްތަކަށް މާފް ދެއްވުުމުގައި ހިންގާފައިވާ ކަމަށް ބެލޭ ކޮރަޕްޝަންގެ ނެޓްވާކެއް، އެމެރިކާގެ ސަރުކާރުން ތަހުގީގު ކުރަން ފަށާއިފައި ވާކަން އެގައުމުގެ ފެޑެރަލް ކޯޓުން އާންމު ކުރި ބައެއް ލިޔެކިއުންތަކުން ހާމަ ވެއްހެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ވެރިކަން ނިމެމުންދާއިރު، ސަރުކާރުގެ މަތީ މަގާމްތަކެއް ފުރާފައިވާ، ޓްރަމްޕްގެ ގާތް އެތަކެއް ކުއްވެރިންނަކަށް ޓްރަމްޕް ވަނީ މާފް ދެއްވާފައެވެ. އަދި، ޓްރަމްޕް ދެއްވާފައިވާ ރިޔާސީ މި މާފް ދިނުންތަކުގައި ފައިސާގެ އެތަކެއް މުއާމަތާތްތަކެއް ހިންގާފައިވާކަން ހާމަވެ، މިއީ ކޮރަޕްޝަނަށް މަގުފަހިވާފަދަ މުއާމަލާތްތަކެއް ކަމަށް ބަލާ، މި މުއާމަލާތްތަކާ ވައިޓް ހައުސް ނުވަތަ މާފްދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެކުލަވާލާފައިވާ، ސިޔާސީ މީހުން އެކުލެވޭ ކޮމިޓީއާ އެއްވެސް ގުޅުމެއް އޮތްތޯ ބެލުމުގެ މަސައްކަތް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ވަނީ ފަށާފައެވެ.

މިހާތަނަށް އައިއިރު، ވައިޓްހައުސްގައި، ޓްރަމްޕްގެ އެންމެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރެއްވި، އެމެރިކާ ސަރުކާރުގެ އެތައް އިސް އޮފިޝަލުންނެއްގެ މައްޗަށް ވަނީ ޖިނާއީ ގިނަ ތުހުމަތު ތަކެއް ކުރެވިފައެވެ.

ކޮރަޕްޝަނާ ގުޅުން ހުރި މިމައުލުމާތުތައް ހާމަވެގެން ދިޔައީ، އަންގާރަ ދުވަހު އެމެރިކާގެ ކޮލަމްބިއާ ޑިސްޓްރިކްގެ ކޯޓުން އާންމު ކުރި 20 ސޮފްހާގެ ލިޔެކިޔުންތަކުންވެ. ކޯޓުން މި ލޔުންތައް އާންމު ކޮށްފައިވަނީ، އާމުން ކުރަން ނުޖެހޭ އެތަކެއް ސޮފްހާތަކެއް އުނިކޮށްފައެވެ.

މި ރެކޯޑްތަކުން ދައްކާ ގޮތުގައި، ކޯޓުގެ އިސް ފަޑިިޔާރު، ބާރލީ ހޯވެލް ވަނީ، "ރިޔާސީ މާފް ދިނުމާ ގުޅޭ ކޮރަޕްޝަންގެ" ތަހުގީގަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމުގެ އަމުރަކަށް ޕްރޮސެކިއުޓަރުން އެދުމުން، އެ ހުށަހެޅުން ފާއިތުވެދިޔަ އޮގްސްޓް މަހު ދިރާސާ ކޮށްފައެވެ.

ކޯޓުން ހާމަކުރި ލިޔެކިޔުންތަކުގައި، ކޮރަޕްޝަންގެ މި މުއާމަލަތްތައް ހިގާފައިވާ ގޮތުގެ ޓައިމް ލައިން ހާމަ ކޮށްފައެއް ނުވެއެވެ. އަދި ނެޓްވާކުގައި ހިމެނޭ މީހުންގެ މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހިމެނޭ މީހުންގެތެރޭގައި ހިމެނޭ ގާނޫނީ ވަކީލެއްގެ އޮފީހުން ކަމާ ގުޅޭ ކިޔެކިޔުންތަކެއް ފާއިތުވި އޮކްޓޯބަރމަސް ނިމުމުގެ ކުރިން ހިފެހެއްޓިކަން، ލިޔެކިޔުންތަކުން ހާމަވެއެވެ.

އެހެންނަމަވެސް، މިއަދާހަމައަށް ކޮރަޕްޝަންގެ މި މައްސައާއި ގުޅިގެން އަދި އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ނުވާކަމަށް ވެއެވެ.

ކޯޓުން އާންމު ކޮށްފައިވާ މި ލިޔެކިއުންތަކާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރުމަށް ވައިޓް ހައުސްއިން ވަނީ ދެކޮޅު ހަަދާފައެވެ.

އެމެރިކާގެ ރައީސްގެ ދައުރު ހަމަކޮށް ވެރިކަމުން ދުރަށް ވަޑައިގަތުމުގެ ކުރިން ރިޔާސީ މާފް ހޯދުމަށް ޓްރަމްޕްގެ އަރިސް ބައެއް ފަރާތްތަކުން އޭނާގެ އަރިހުން އެދެމުންދާ ކަމަށް، އެމެރިކާގެ ބައެއް މީޑިއާތަކުން މީގެކުރިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، މިގޮތަށް އެދިލައްވަމުން ގެންދެވި އެއްވެސް ބޭފުޅެއްގެ މައްސަލަ، ކޮރަޕްޝަޕްގެ މި މައްސަލައާއި ގުޅުން އޮވެގެން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާކަމެއް އަދި އެގޭކަށް ނެތެވެ.

ކޯޓުން އާންމުކޮށްފައިވާ މައުލުމާތުތަކަށް ބަލާއިރު، ކޮރަޕްޝަންއާ ގުޅުންހުރި ލިޔެކިޔުންތައް ދިރާސާކުރި ޓީމުން ވަނީ، ގާނޫނީ ގޮތުން ރައްކާތެރި ކުރަންޖެހޭ މައުލޫމާތުތައް ކަމަށް ބަލާ، މައްސަލަ ތަހުގީގު ކުރާ ޕްރޮސެކިއުޓަރުންނަށް ގިނަ އަދަދެއްގެ މައުލުމާތު ފޯރުކޮށް ދިނުމަށް ހުރަސް އަޅާފައެވެ. މީގެ ތެރޭގައި، އައި ފޯނުތަކާއި، އައިޕެޑް ތަކާއި، ލެޕްޓޮޕް ތަކާއި، ޕެން ޑްރައިވްތަކާއި އަދ ކޮމްޕިއުޓަރ ޑްރައިވްތައްވެސް ހިމެނޭގޮތުން 50 އަށްވުރެ ގިނަ ޑިޖިޓަލް ޑިވައިސް ހިމެނޭ ކަމަށް ޕްރޮސެކިއުޓަރުން މައުލޫމާތު ދީފައިވެއެވެ.

ކޯޓުގައި ޕްރޮސެކިއުޓަރުން އެދިފައިވަނީ މި ޓީމުން ހިފައްހައްޓާފައިވާ މިތަކެތި ތަހުގީގު ޓީމަށް ލިބޭނެގޮތް ހަދާދިނުމަށެވެ. ކޯޓުން ހާމަ ކޮށްފައިވާ ލިޔެކިއުންތަކުން އެގޭ ގޮތުގައި، ޕްރޮސެކިއުޓަރުން ގަބޫލު ކުރަނީ، މި ޑިވައިސްތަކުގައި، ގާނޫނާ ޚިލާފް އަމަލް ހިންގުމަށް ބޭނުންކުރި އީމެއިލްތައް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ރިޔާސީ މާފް ހޯދުމަށް، "ސިއްރުން ލޮބީ ކުރުމަށް" ކުރި މަސައްކަތުގެ ތަފްސީލުތަކާއި، ރިޔާސީ މާފްގެ ބަދަލުގައި ސިޔާސި ގޮތުން ކޮށްފައިވާ މަންފާތަކުގެ ތަފްސީލުތައްވެސް މި ޑިވައިސްތަކުގައި ހިމެނޭނެ ކަމަށް މައްސަލަ ތަހުގީގު ކުރަމުންދާ ޕްރޮސެކިއުޓަރުން ގަބޫލު ކުރާކަން ކޯޓުން އާންމު ކުރި ލިޔުންތަކުން ހާމަވާން ހުރެއެވެ. ކޯޓުން ހާމަކުރި ލިޔުންތަކުން ވަނިީ މިމައްސަލާގައި ތުހުމަތު ކުރެވޭ އޮފިޝަލުންގެ ނަންތައް އުނިކޮށްފައެވެ.

އެމެރިކާގެ މާފް ދިނުމާބެހޭ އެޓާނީގެ އޮފީހުން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޓްރަމްޕްގެ ދައުރުގައި އޭނާ ވަނީ މިހާތަނަށް 29 ކުއްވެރިއަކަށް ރިޔާސީ މާފް ދެއްވާ، 16 ކުއްވެރިއެއްގެ ހުކުމުގެ މުއްދަތު ކުރުކޮށް ދެއްވާފައެވެ. މީގެ ތެރޭގައި ގިނައީ ސިޔާސީ ގޮތުން ޓްރަމްޕާއި ގާތް ގުޅުންތައް އޮންނަ ފަރާތްތަކެވެ. މީގެތެރޭގައި، އިލިނޮއިސްގެ ކުރީގެ ގަވަރުނަރު ރޮޑް ބްލޮގޮވިޗާއި، ބުޝްގެ ދައުރުގައި އެޑްވައިޒަރުކަން ކުރެއްވި ސްކޫޓަރ ލިބީއާއި އަދި، 2016 ގެ ރިޔާސީ އިންތިޚާބާ ގުޅުންހުރި ތަހުގީގުތަކުން ޓްރަމްޕް ސަލާމަތް ކުރުމަށް އެމެރިކާގެ ކޮންގްރެސްއަށް ދޮގު ބަޔާންތައް ދިންކަމަށް ސާބިތުވި، ދިގު މުއްދަތަކަށް ރިޕަބްލިކަން ޕާޓިގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ކޮށްފައިވާ ރޮޖާ ސްޓޯންވެސް ހިމެއެވެ.

ފާއިތުވެދި ހަފްތާގައި ޓްރަމްޕް ވަނީ، އެފްބީއައި އަށް ދޮގު ބަޔާން ދިންކަމުގެ ތުހުމަތު ކުރެވިފައިވާ، އޭނާގެ ކުރީގެ ނޭޝަަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކަލް ފްލައިންއަށްވެސް ރިޔާސީ މާފް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *