ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރައްވަނީ!

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރައްވަނީ!

Author
މުޙައްމަދު ޝަޒައިމް
27 މެއި 2023 12:35
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫންގެ ދަރިކަލުން އަދި މިދިޔަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން އުވާލި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވާދަކުރެއްވުމަށް އެދި ސޮއި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ އެމްއާރުއެމް އުވާލިކަން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ އިއުލާންކޮށްފައެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއް އެމްއާރުއެމްއިން ނުހިންގުމަށްވެސް ވަނީ އަންގާފައެވެ. އެނިންމުމާއި އެއްގޮތަށް އެމްއާރުއެމްގެ މެމްބަރުން އަމަލު ކުރެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްއާރުއެމް އުވާލިއިރު އެޕާޓީން ދަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކާއި މަޝްވަރާކޮށް ކޯލިޝަން ހެދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރަމުންނެވެ. ޕާޓީ އުވާލިތާ ދެތިން ދުވަސް ނުވަނީވެސް އެޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންތަކެއް އިސްނަގައިގެން ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރެއްވުމަށް އެދި ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިއްޔެ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައިި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޮއިކޮށްފައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަކީ ވަކި ފިކުރެއް ކަމަށާއި އެފިކުރު ނައްތައި ނުލެވޭނެކަމަށް ރައީސް މައުމޫންވެސް ވަނީ ވިދާޅުވެފައެވެ. އެމްއާރުއެމްއިން ބުނެފައިވަނީ އެޕާޓީ އުވާލީ ކޮރަޕްޝަނާއި، ފަސާދައިގެން ވަކި ބައެއްގެ ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށް ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރުމާއިމެދު އާންމުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ފާރިސް ވަނީ އިންތިޚާބުގައި ވާދަކުރަންޖެހޭ ފަދަ ހާލަތެއް އައިސްފިނަމަ ކުރިމަތިލާނެކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝީދުބެ
އުމަރާއި މުނައްވަރުގެ ކުރިން ރޭސް ނިންމޭނެއެވެ. ލަދުފުޅު ނުގަންނަވައްޗެވެ.
އ އެކުވެރި
މިހާރު މިއޮތީ ފާރިސް ވިދާޅުވި ހާލަތުގައި ރިޔާސީ އިންތިޚާބްއަށް ކުރިމަތި ލަށްވަން މަޖުބޫރުވެފަ ވީމާ ކުރިއަށް ވަޑައިގަތުމަށް ތާއީދުކުރަން
ަ ަޔާރުނޭމިތާ
ޗޮކުން ދާނީ އާރާއި ބާރުގެ 30 އަހަރު ރައްޔިތަކާދިމާއަށް ބަލާނުލާ އުޅެފަ މިހާރު ދެން އަހަރެމެން ބޭނުމެއްނޫން. އޭރު ގުޅިގެން އުޅުނަމަ ގައިމު.މާލޭގެ ކޮންމެވެސް ސަރަހައްދުތަކެއް ކޮނޓްރޯލް ކުރެވުނީސް