ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ފެތުރިފައިވާ އާމިރު ހާން އާއި ފާތިމާ ސަނާ ޝޭހު އެކުގައި ޕިކްލްބޯޅަ ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
މި ވީޑިއޯ ވައިރަލް ވެފައިވާއިރުގައި، ބުނެފައި ވަނީ ދެ ތަރިން އެކީގައި ކުޅެން އުޅެނިކޮށް ފެނުނީ މީގެ ދެދުވަހެއް ކުރިން މުމްބާއީން ކަމަށެވެ.
އެކުގައި މީގެ ކުރިންވެސް ދެ ފިލްމް އެއް ކުޅެފައިވާ އާމިރު އާއި ފާތިމާ އާއި ލޯބީގެ ގޮތުން ގުޅިގެން އޫޅޭ ކަމަށް އަޑު ގަދަވީ އާމިރު ހާން އާއި ކިރަން ރާއޯގެ ކައިވެނި ނިމުމަކަށް އައި ހިސާބުނެނެވެ.
އާމިރު އަށް ވުރެ 27 އަހަރު ހަގު ބަތަލާ އާއި އެކުގައި އާމިރު ވަނީ މީގެ ކުރިންވެސް ބައެއް ތަންތަނުން ފެނިގެން ގޮސްފައިއެވެ. އަދި އެދެމީހުންގެ މެދުގަިއ ރައްޓެހި ރަހުމަތެރި ކަމަށްވުރެ ގުޅުން ގާތް ކަމަށް ވަނީ މީޑިއާއިން ބުނެފައިއެވެ.
އާމިރު އާއި ކިރަން 2005 ވަނަ އަހަރު ކުރި ކައިވެނި ނިމުކަށް ގެނެސްފައިވަނީ 2021 ވަނަ އަހަރުގައިއެވެ. ވަރިވި ނަމަވެސް އެމީހުންގެ ދަރިފުޅުގެ ކަންކަމުގައި އެކުގައި ވަނީ ފެނިގެން ގޮސްފައިއެވެ. އަދި ވަކި ވުމަށްފަހު ދެމީހުންގެ ފަރާތުން އާންމު ކުރި ބަޔާނެއްގައިވެސް އެމީހުންގެ ދަރިފުޅު ގެ ކަންކަމުގައި ދެމިތިބޭނެ ކަމަށާއި، އަދި ގާރް ދެރަހުމަތެރިންގެ ގޮތުގައި ތިބޭނެ ކަމަށް ވަނީ ބުނެފައިއެވެ.
ކިރަން އާއި ކައިވެނި ކުރުމުގެ ކުރިން އާމިރު ވަނީ ރީނާ ދަތް އާއި ކައިވެނި ކޮށްފައިއެވެ. 1986 ވަނަ އަހަރުގައި ކުރި އެކައިވެނި ނިމުމަކަށް އައީ 2002 ވަނަ އަހަރުގައިއެވެ. އެކައިވެނިން އާމިރު އަށް ވަނި އަންހެން ކުއަޖަކާއި ފިރިހެން ކުއްޖެއް ލިބިފައިއެވެ.
ފާތިމާ އާއި އާމިރުގެ ދޮށީ އަންހެން ދަރިފުޅާއި ދާދި އެއް އުމުރެކެވެ. އެހެން ކަމުން ދަރިއެއް ވަރުގެ ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ މީހުން އަންނަނީ އާމިރު އަށް މަލާމާތް ކުރަމުންނެވެ.
އާމިރު، 58، އާއި ފާތިމާ، 31، އެކީގައި ދެ ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ އާމިރުގެ ދަރިއެއްގެ ރޯލު ފާތިމާ ކުޅުނު 2016 ގެ "ޑަންގަލް" އެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި 2018 ގެ "ތަގްސް އޮފް ހިންދުސްތާން" ވެސް ކުޅުނެވެ.
އެދެމީހުން ރައްޓެހި ވެގެން އުޅޭ ކަމަށް މިހާތަނަށް ދެމީހުން ކުރެ އެކަކުވެސް އެއްބަސް ވެފައިއެއް ނުވެއެވެ. އަދި ހަމަ އެއާއި އެކު މިވާހަކަ ތަށް ދެމީހުން ކުރެ އެކަކުވެސް ދޮގު ކޮއްފައިއެއް ވެސް ނުވެއެވެ.
އާމިރުގެ އެންމެ ފަހުގެ ފިލްމް "ލާލް ސިންގް ޗައްޑާ" ފްލޮޕް ވުމާއި ގުޅިގެން އޭނާ ހުރީ ދޮޅު އަހަރެއްހައި ދުވަހު ފިލްމީ މަސައްކަތުން ބްރޭކެއް ނަގައިގެންނެވެ. އާމިރު ބުނީ މިވަގުތުގައި އޭނާ އާއިލާ އެކުގައި ކޮލެޓީ ވަގުތު ހޭދަކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ