"ޕަޓާން ވާސަސް ޓައިގާ" ގައި ކެޓްރީނާ އާއި ދީޕިކާ

"ޕަޓާން ވާސަސް ޓައިގާ" ގައި ކެޓްރީނާ އާއި ދީޕިކާ

Author
ފާތިމަތު ނާވީ
27 މެއި 2023 07:33
0

ބޮލީވުޑްގެ ދެ ސްޕަސްޓާރުން ކަމުގައިވާ ސަލްމާން ހާން އާއި ޝާހުރުކް ހާން އެކުގައި ފެނިގެންދާ ފިލްމް "ޓައިގާ ވާސަސް ޕަޓާން" ގެ ބަތަލާއިންނަށް ކެޓްރީނަ ކައިފް އާއި ދީޕިކާ ޕަދުކޯން ހަމަޖެހިފައި ވާކަމަށް މީޑީއާ ރިޕޯޓްތަށް ބުނެފިއެވެ.

މި ދެބަތަލާ އިންނަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ދެ ބަތަލާއިންނެވެ. އަނެއްކޮޅުން ޝާހުރް ހާންގެ "ޕަޓާން" ގެ ބަތަލާ އަކީ ދީޕިކާ އެވެ. އަދި ސަލްމާން ހާން ގެ "ޓައިގާ" ގެ ބަތަލާ އަކީ ކެޓްރީނާ ކައިފައިއެވެ.

މި ހަބަރު މީޑިއާއިން ފެތުރި ނަމަވެސް ފިލްމް މޭކާއިން އަދި މިހަބަރާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Levi’s (@levis)

މި ފިލްމް އަކީ މިއަހަރު ރިލީޒް ކުރި ޝާހުގެ "ޕަޓާން" އާއި މިއަހަރު ރިލީޒް ކުރުމަށް ހަޖެހިފައިވާ ސަލްމާންގެ ފުރެންޗައިޒް "ޓައިގާ" ގެ ކެރެކްޓާ ތަށް ނަގައިގެން ހަދަން ނިންމައިފައިވާ އެއްޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މި ދެމީހުން އެކުގައި ފިލްްމް އެއް ކުޅެމުން އަދން ކަން އިއުލާން ކުރި އިރުގައި ސަލްމާން ވަނީ ޝާހުގެ "ޕަޓާން" ގެ ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައިއެވެ. އަދި "ޓައިގާ 3″ ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

"ޓައިގާ ވާސަސް ޕަޓާން" ގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ގޮތަށް ނިންމައިފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. ނަމަވެސް މި ފިލްމް ރިލީޒް ކުރާ ދުވަހެއް އިއުލާނެއް އަދި ނުކުރެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

މި ފިލްމް އަދި އަޅުވާނެ ތާރީހެއް އިއުލާން އެއް ނުކުރެއެވެ. ނަމަވެސް މި ފިލްމް އެމީހުންގެ އެކުގައި ފިލްމް ކުޅުން ފަދައިން ވަރަށް ތާރީހީ ފިލްްމްއަކަށް ވެގެން ދާނެ ކަމަށްވެއެވެ. ސަލްމާނާއި ޝާހްރުކް ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 1995 ގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ސްކްރީންޕްލޭގެ ފުރަތަމަ ޑްރާފްޓް، "ޕަތާން" ގެ ސްކްރީން ރައިޓަރު ޝްރީދާރް ރަވްގަން އާއި ފިލްމު އުފައްދާ ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ވަނީ ނިންމައިފަ އެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. ސިދާތު މިހާރު އަންނަނީ ރިތިކް އާއި ދީޕިކާ އެކުގައި ފެނިގެންދާ އަލަތު ފިލްމް "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.