ރާއްޖޭގައި މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

ރާއްޖޭގައި މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

Author
ފާތިމަތު ނާވީ
27 މެއި 2023 04:58
0

"މޯލްޑީވްސް މިއުޒިކް ފެސްޓް" ގެ ނަމުގައި ރާއްޖޭގައި މިއުޒިކް ފެސްޓިވަލެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އަންނަ މަހުގެ 15 އާއި 16 ގައި އޮލިމްޕަސް ސިނަމާގައި ބާއްވާ މި ފެސްޓިވަލް އަކީ ރާއްޖޭގައި މާކެޓިން/ޕީއާރްގެ މަސައްކަތް ކުރާ ބްލިންކްސް މީޑިއާ އިން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ބާއްވާ ފެސްޓިވަލް އެކެވެ.

"މޯލްޑީވްސް މިއުޒިކް ފެސްޓް" ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހުނަރު ދައްކާލައި އެ މީހުން ކުރިއެރުމަށް މަސައްކަތް ކުރުމަށް މަގުފަހި ކުރުމެވެ.

 

View this post on Instagram

 

A post shared by Maldives Music Fest (@musicfestmv)

މީ މިފަދަ ފެސްޓިވަލެއް ބާއްވާ ފުރަތަމަ ފަހަރެވެ. 15 އަދި 16 ވަނަ ދުވަހުގެ ހަވީރު 00؛16 އިން 00؛18 އަށް އަދި ރޭނގަޑު 30؛20 އިން 30؛23 މި ދެގަޑީގައި ފެސްޓިވަލް ކުރިއަށް ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.