އަކްޝޭ އާއި ސާރާގެ ޖޯޑު އިތުރު ފިލްމް އަކުން

އަކްޝޭ އާއި ސާރާގެ ޖޯޑު އިތުރު ފިލްމް އަކުން

Author
ފާތިމަތު ނާވީ
27 މެއި 2023 09:12
0

2021 ވަނަ އަހަރު ނެރުނު ފިލްމް "އަތުރަންގީ ރޭ" އިން އެކުގައި ފެނިގެން ދިއަ ދެ ޖޯޑު ކަމުގައިވާ އަކްޝޭ ކުމާރު އާއި ޒުވާން ބަތަލާ ސާރާ އަލި ހާން އިތުރު ފިލްމް އަކަށް ސޮއިކޮށްފި ކަމަށް މިޑީއާ ގެ ރިޕޯޓްތަށް ބުނެފިއެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް "ސްކައި ފޯސް" އިން އަކްޝޭ އާއި އެކުގައި ފެނިގެން ދާނީ ސާރާ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ. މި ފިލްމް އަކީ މިދިއަ އަހަރު އިއުލާން ކޮށްފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މި ފިލްމްގެ ޝޫޓީން ފެށުމަށް މަސައްކަތް ކުރަމުން  އަންނަ އިރުގައި އަންނަ އޯގަސްޓު މަހުގެ ތެރޭގައި ޝޫޓިން ފެށޭވަރު ވާނެ ކަމަށް މީޑިއާއިން ބުނެއެވެ.  މީގެ ކާސްޓްގައި ނިމްރިތު ކޯރް ވެސް ހިމެނެ އެވެ. އޭނަ އަކީ އަކްޝޭގެ 2016 ގެ "އެއާލިފްޓް" ކުޅުނު ބަތަލާ އެވެ.

 

View this post on Instagram

 

A post shared by Nimrat Kaur (@nimratofficial)

މިއީ އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ސާރާގެ އާ ފިލްމު "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ސަންދީކް ކެލްވާނީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ. މި ފިލްމް ގައި ސާރާ އާއި އެކުގައި ފެނިގެން ދާނީ ވިކީ ކޯޝަލް އެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ސާރާ އާއި އަކްޝޭ ފެނިގެން ދިއަ އަލަތު ފިލްމް "އަތްރަންގީ ރޭ" އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމް އަކަށް ނުވިއެވެ. ދާނުޝް ވެސް މުހިންމު ރޯލެއް ކުޅެފައިވާ މި ފިލްމް އަކީ ބޮކްސް އޮފީހުގައިވެސް މާބޮޑު ކާމިޔާބެއް ހޯދުން ފިލްމް އެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.