އަޝީޝް ގެ ދޮށީ އަނބި: ލައިފް ނަމަކަށް ކިޔާ ޕަޒްލްގައި ހައިރާންނުވޭ

އަޝީޝް ގެ ދޮށީ އަނބި: ލައިފް ނަމަކަށް ކިޔާ ޕަޒްލްގައި ހައިރާންނުވޭ

Author
ފާތިމަތު ނާވީ
27 މެއި 2023 07:25
0

އިއްޔެ އަޝީޝް އަޝިޝް ވިދިއާތީ ދެވަނަ ކައިވެންޏެއް ކުރުމާއި ގުޅިގެން އޭނާގެ ދޮށީ އަނބިމީހާ ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ޕޯސްޓެއް ކޮށްފިއެވެ.

އުމުރުން 60 އަހަރުގެ އިއްޔެ އަޝީޝް ވަނީ ކަލްކަތާގައި ރުޕާލީ ބަރްއާ ކިޔާ ވިޔަފާވެރިއަކާ ކައިވެނި ކޮށްފައިއެވެ. އަދި ހަމަ އެއާއި އެކުގައި އެދެމަފިރިންގެ ކައިވެނީގެ ފޮޓޯތަކެއް ވެސް އަންނަނީ ދައުރު ވަމުންނެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

މި ދަޑިވަޅުގައި އަޝީޝް ގެ ދޮށީ އަނބި އަދި ބަތަލާ ރަޖޯޝީ ވަނީ ވަރަށް ތަފާތު ޕޯސްޓެއް ކޮށްފައިއެވެ. ބެލެވޭ ގޮތުގައި އަޝީޝްގެ މި ކައިވެންޏާއި ރަޖޯޝީ އިންތިހާއަށް ނުގަބޫލެވެ. އެކައިވެންޏަށް ރިއެކްޓް ކޮށް ރަޖޯޝީ ބުނީ ލައިފް ނަމަކަށް ކިޔާ ޕަޒްލްގައި ހައިރާންނުވާށެވެ. އޭނާގެ ފޮޓޯއަކާއި އެކު މި މާނަފުން ބަސްކޮޅު އޭނާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައިއެވެ.

 

View this post on Instagram

 

A post shared by Piloo Vidyarthi (@piloovidyarthi)

ރާޖޯޝީ ބަރޫއާ އަކީ ފިލްމް ތަކުން ފެންނަ ތަރިއެކެވެ. އޭނާ އަކީ ކުރީގެ ބަތަލާ ޝަކުންތަލާ ބަރޫއާގެ އަންހެން ދަރިއެކެވެ. އަޝިޝް އާއި ރާޖޯޝީގެ ކައިވެންޏަށް 23 އަހަރު ވެފައިވާއިރު އެ ދެ މީހުންނަށް ފިރިހެން ކުއްޖަކު ކަމަށްވާ އާރްތު ވިދްޔަތީ ވަނީ ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.