އަމީނީމަގުގެ 4 ސެގްމަންޓެއްގައި ތާރުއަޅަން ފަށައިފި، ހަފްތާއެއްގެ ތެރޭ ހުޅުވާލަނީ

އަމީނީމަގުގެ 4 ސެގްމަންޓެއްގައި ތާރުއަޅަން ފަށައިފި، ހަފްތާއެއްގެ ތެރޭ ހުޅުވާލަނީ

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، އިތުރު 4 ސެގްމަންޓެއްގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއިން ފަށައިފިއެވެ.

ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ އަމީނީމަގު ބިލަބޮންގ ހިމެނޭ ސަރަޙައްދުން ފެށިގެންގޮސް ސްޓެލްކޯ ހިމެނޭ ސަރަހައްދާއި ހަމައަށް އޮތް 4 ސެގްމަންޓުގައެވެ. މޫސާ ޢަލި މަނިކު ވިދާޅުވީ، މި 4 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ނިޔަލަށް ނިންމާ، ހަފްތާއެއްގެ ތެރޭގައި އެ ސަރަހައްދު އާއްމުންނަށް ބޭނުންކުރަން ހުޅުވާލެވޭނެކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެތެރެއިން ފުރަތަމަ 3 ސެގްމަންޓްގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތްތައް ނިންމައި، މިހާރު ދަނީ އެ ސަރަޙައްދު ބޭނުންކުރަމުންނެވެ.

އަމީނީ މަގުގައި ބާކީ ހިމެނޭ 6 ސެގްމަންޓްގެ މަސައްކަތް ކުރިއަށްގެންދާނީ 3 ބަޔަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ބައިގައި މަގު ރޫޅާލާނީ މާފަންނު ސްޓޭޑިއަމާ ހަމައަށެވެ. އެއަށްފަހު ޕްލޭނިން މިނިސްޓްރީއާ ހަމައަށް އަދި އޭގެ ފަހުން މަގުގެ ބާކީ ބައި އެއްކޮށް ނިންމާނެއެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:
– 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
– މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ)
– ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ
– ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ
– މަގުގެ ފެހިކަން ނުގެއްލޭނެ
– ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ
– ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *