މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޮޓޯ:މަޖިލިސް 

އެމްއާރްއެމް އުވާލީ ޕާޓީތައް ހިންގާ ޤާނޫނުގެ ހަމަތަކާއި އެކު، މިއަކު އޮތީ ކޮން ކޮރަޕްޝަނެއް: މަވޯޓާ

އެމްއާރްއެމް އުވާލީ ޕާޓީތައް ހިންގާ ޤާނޫނުގެ ހަމަތަކާއި އެކު، މިއަކު އޮތީ ކޮން ކޮރަޕްޝަނެއް: މަވޯޓާ

ގުޅުންހުރި

ގާނޫނުގައި ބުނާ ވަރަށް މެމްބަރުން ހަމަނުވެގެން އެމްއާރްއެމް އުވާލަން ނިންމީ ކޮރަޕްޝަންގެ ނާޖާއީޒު ނުފޫޒުން ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވުމާއި ގުޅިގެން މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ހަމަނުވާ ނަމަ އެ ޕާޓީއެއް އުވާލުމަކީ ގާނޫނުގައި އޮތް ގޮތް ކަމަށެވެ.

"ޕާޓީއަށް އުޅެ އުޅެ 3000 މެމްބަރުން ހަމަނުވެ ޕާޓީތައް ހިންގާ ޤާނޫނުގެ ހަމަޔާއި އެއްގޮތަށް ޕާޓީ އުވާލުމަކީ އެކަން ކުރަން އޮންނަ ގޮތް. މިޔަކު އޮތީ ކޮން ކޮރަޕްޝަނެއް؟ ހަމަ ނޭނގުނޭ." މަވޯޓާ ވިދާޅުވި އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމަކީ ކުރީފެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ނިންމީ މެމްބަރުން ހަމަނުވާކަމުގެ ނޯޓިސް ތަކުރާރުކޮށް ދިނުމަށް ފަހު އެވެ.

މެމްބަރުން ހަމަނުވެގެން އެމްއާރްއެމް އުވާލި އިރު، އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ވެސް މި މަހުގެ ކުރީކޮޅު ޕާޓީން ވަކިވެވަޑައިގެންފައިވެ އެވެ. އަދި ޕާޓީ އުވުނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އެމްޑީޕީއާ އެކީ ކޯލިޝަން އާކުރަން ދައުވަތު ދިނުމުން އެކަމާ ވެސް އެމްއާރްއެމް ގޮތެއް ނުނިންމައި ލަސްކުރަމުން ދަނިކޮށެވެ.

އެހެންވެ މިހާރު ޕާޓީ އުވާލުމުން ބުނެފައި ވަނީ މަޑަކުން ނުތިބޭނެ ކަމަށާއި ކޯޓަށް ވެސް ދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ