ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހުނަރު ދައްކާލުމަށް ބާއްވާ މޯލްޑިވްސް މިއުޒިކް ފެސްޓް ޖޫން މަހ ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
މިއީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާއި މާކެޓިން/ޕީއާރްގެ މަސައްކަތް ކުރާ ބްލިންކްސް މީޑިއާ އިން ގުޅިގެން "މޯލްޑީވްސް މިއުޒިކް ފެސްޓް" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓެކެވެ. މި އިވެންޓްގެ ޕާޓްނަރުންނާއި އެކު އެއްބަސްވުންތަކުގައި ވަނީ ސޮއި ވެސްކޮށްފަ އެވެ.
ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހުނަރު ދައްކާލައި އެ މީހުން ކުރިއެރުމުގެ މަގުސަދުގައި ބާއްވާ މިއުޒިކް ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 އާއި 16 ގައި އޮލިމްޕަސް ސިނެމާގަ އެވެ. މީގައި ބައިވެރިވާން ބޭނުންވާ މިއުޒިޝަނުންނާއި ބޭންޑްތަކަށް މިހާރު ވަނީ ބައިވެރިވާން ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
ބްލިންކްސް މީޑިއާގެ އިންސްޓަގްރާމް މެދުވެރިކޮށް ފެސްޓިވަލްގައި ޕަފޯމްކުރަން ރިކްއެސްޓްކުރެވޭނެ އެވެ.
"މޯލްޑިވްސް މިއުޒިކް ފެސްޓް" ގެ ގޯލްޑް ޕާޓްނަރުންނަކީ ލޮޓަސް ބައިކް ޝޮޕާއި ކޮކަ ކޯލާއެވެ. އަދި ސިލްވާ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސާއި ޑަޔާނާ ޓްރޭޑިންގެ އިތުރުން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އެވެ. އިވެންޓްގެ އިވެންޓުގެ ހޮޓަލް ޕާޓްނަރަކީ ހޮޓެލް އެވެ. މީޑިއާ ޕާޓްނަރަކީ އެސްއެސްނެ ޓްއެވެ. ލެޑް ވިޝުއަލް ޕާޓްނަރަކަމަށް ޓެކް ވޭވް ހަމަޖައްސާފައިވާ ސައުންޑް އެންޑް ލައިޓް ޕާޓްނަރަކީ އޯލް އެޑިޝަން މޯލްޑިވްސް އެވެ. އިވެންޓުގެ ބެވަރޭޖް ޕާޓްނަރަކީ ޗާޖްޑް އަދި ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ.
މީގެ އިތުރުން "މޯލްޑިވްސް މިއުޒިކް ފެސްޓް" ގެ ސަޕޯޓިން ޕާޓްނަރުންނަކީ ފަންނުގެ ދަރިންނާއި މިޔުޒިޝަންސް ޔޫނިއަން އޮފް ދަ މޯލްޑިވްސް އެވެ.