ޝޫޓިން ތެރެއިން އަނޫޕަމް އަށް އަނިޔާވެއްޖެ

ޝޫޓިން ތެރެއިން އަނޫޕަމް އަށް އަނިޔާވެއްޖެ

Author
ފާތިމަތު ނާވީ
25 މެއި 2023 05:32
0

ފިލްމް ގެ ޝޫޓިންގ ގެ ތެރެއިން ހުނަރުވެރި އެކްޓަރު އަނޫޕަމް ކޭރްގެ ކޮޑު ހުޅަށް ތަދުވެ ފަރުވާ ހޯދައިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 68 އަަރުގެ އެކްޓަރު މިހާރު ކުރަމުން އަންނަނީ "ވިޖޭ 69″ ކިޔާ ފިލްމް އެއްގެ މަސައްކަތެވެ. މި ފިލްމް ގެ ޕޯސްޓަރު ތަކެއްވެސް ވަނީ މީގެ ކުރިން ދައްކައި ލައިފައިއެވެ.

މި ފިލްމް އަކީ އުމުރުން ދުވަސްވީ މީހަކު އިންޑިއާގެ ޓްރައިތޯންއެއްގައި ބައިވެރިވާ ތަން ފެންނަ ފިލްމެކެވެ. އެހެން ކަމުން މި ފިލްމް ގައި އޭނާ ފެނިގެން ދާނީ ވަރަށް ތަފާތު ގޮތަކަށެވެ.

ޔަޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކޮށް އަކްޝޭ ރޯއީ ޑައިރެކްޓްކުރާ ވިޖޭ 69 ފިލްމަކީ ސިނަމާގެ ބަދަލުގައި އޯޓީޓީ ޕްލެޓްފޯމް އިން ދައްކަން ހަމަޖެހިފައިވާ ފިލްމްއެކެވެ.

އޭނާ ވަނީ އިންސްޓަގްރާމްގައި އޭނާގެ ހާލަތާއި ބެހޭގޮތުން ޕޯސްޓެއް ކޮށްފައިއެވެ. އަދި ކޮނޑު ހުޅުގައި ސްލިންގެއް އަޅައިގެން ހުރި ފޮޓޯ އާއި އެކުގައި އޭނާ ބުނެފައިވަނީ މިހާރު ހާލު ރަނގަޅު ކަމަށެވެ.

 

View this post on Instagram

 

A post shared by Anupam Kher (@anupampkher)

އޭނާގެ ހާލު ރަނގަޅު ވުމާއި އެކުގައި އަލުން ޝޫޓީން ތަށް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ. މި ފިލްމް އާއި ބެހޭ މާގިނަ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އަދި ފިލްމް ބެލުންތެރިންނަށް ގެނެސްދޭނެ ދުވަހެއްވެސް އިއުލާނެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.