ހަފްތާ ބަންދުގައި ރައީސް ފ.އަތޮޅަށް ވަޑައިގަންނަވަނީ

ހަފްތާ ބަންދުގައި ރައީސް ފ.އަތޮޅަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
25 މެއި 2023 01:48
0

ހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފ.އަތޮޅުގެ ރަށްތަކަށް ދަތުރު ކުރުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށެވެ. މިދަތުރުފުޅު ކުރައްވަނީ އެރަށްތަކުގައި ސަރުކާރުން ހިންގެވި ބައެއް މަޝްރޫއުތައް ނިމުމުން އެކަން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކަމަށެވެ.

ރައީސްގެ މިދަތުރުފުޅުގައި ކޮންމެ ރަށެއްގެވެސް ކައުންސިލާއި، އަންހެނުންގެ ކޮމެޓީތަކާއި، ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގައިި ހުރި މައްސަލަތަކާއި ގުޅޭގޮތުން ސީދާ ރައީސާއި ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

ރައީސްގެ މިދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފ.އަތޮޅު ނިލަންދޫ ދާއިރާގެ މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާއި ގުޅުމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. މިދަތުރުގައި މެމްބަރު މުހުސިންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.