ފ. ބިލެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޕަރމަނަންޓް ސެކްރެޓަރ،ީ ޒީނިޔާ ހަމީދެވެ.
1,400 މީހުންގެ އާބާދީގެ ފ. ބިލެއްދޫއަކީ ވަރަށް ފުޅާކޮށް ފާނައިގެ މަސްވެރިކަން ކުރަމުންދާ ރަށެކެވ.ެ އެގޮތުން ފާނައިގެ މަސްވެރިކަން ކުރާ 30 ވަރަކަށް އުޅަނދު މިހާރުވެސް ރަށުގައި އޮންނަކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ހަމައެހެންމ،ެ ބިލެއްދޫއަކީ މުޅި ފ. އަތޮޅުގައިވެސް އޮޑިފަހަރު ބަނުމާއި އަދި ފައިބަރު މަސައްކަތުގައި އެންމެ ކުރިއަރާފައިވާ ރަށްކަމުގައި ކައުންސިލުން ފާހަގަކުރެއެވެ. އެގޮތުނ،ް މިހާރުވެސް އޮޑިފަހަރު ބަނުމާއި އަދި ފައިބަރު މަސައްކަތްކުރާ 4 ހަރުގެއެއް މި ރަށުގައި އެބަހުރިކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވ.ެ މީގެ އިތުރުން މާލެ ދަތުރުކުރާ ލޯންޗުފަހަރާއި ފުދޭވަރަކަށް ޑިންގީތައްވެސް މި ރަށު ބަނދަރުގައި އަޅާފައި އޮތުމާއެކ،ު މި ރަށު ބަނދަރުވަނީ ރަށުގެ ބޭނުންތަކަށް ފުދޭވަރަށްވުރެ ކުޑަވެފައެވެ.
MTCC has signed an agreement with @MoNPHImv towards implementation of F. Bilehdhoo Harbor Development Project. CEO @adamazim signed on behalf of MTCC and Ms. Zeeniya Hameed, PS, signed on behalf of Ministry. MP @Dhonbiley graced the ceremony.
Scope of works include, harbor basin… pic.twitter.com/NOSHrCyW8j
— MTCC Plc (@MTCCPlc) May 24, 2023
މި މަޝްރޫޢުގެ ދަށުނ،ް 45,100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 2,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 419 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 258 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 224 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 133 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 2,977 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 617 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 66.96 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓު ފޮނުވާ