ބޮލީވުޑްގެ ނުފޫޒު ގަދަ ފިލްމް މޭކާ ކަރަން ޖޯހަރުގެ ޑައިރެކްޓްކުރާ ފުރަތަމަ އެކްޝަން ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ވަރުން ދަވަން އާއި ޓައިގާ ޝްރޮފް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާތަނަށް ވެސް ލޯބީގެ ފިލްމްތަށް ހަދައިފައިވާ އެކްޓަރު ޒުވާން ދެ އެކްޓަރުންނާއި އެކުގައި އެކްޝަން ފިލްމް އެއް ގެނެސްދިނުމަށް ތައްޔާރު ވަމުން އަންނަ އިރުގައި ފިލްމް އާއި ބެހޭގޮތުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިއެއް ނުވެއެވެ.
މީޑިއާ ތަކުގައި މިވާހަކަ ދެކެވެން ފެށީ ދެކެވެން ފެށީ ވަރަށް ހާއްސަ ކަމެއް އިއުލާންކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާއަށް އިއްޔެ ކަރަން ދޫކޮށްލި ޕޯސްޓް އަކާއި ގުޅިގެންނެވެ.
ކަރަންގެ އާއިލީ ފިލްމް ކުންފުނި ދަރަމާ ގެ އޮފިޝިއަލް ސޯޝަލް މީޑިއާ ގައި ވަނީ ޑައިރެކްޓަރު ގެ ގޮޑި އެއް "ދެން އޮތީ އާ ދައުރެއްގެ ފެށުން" ކަމަށް ބުނެ ޕޯސްޓް ކުރުމާއި ގުޅިގެންނެވެ.
މީގެ 25 އަހަރު ކުރިން 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ޑައިރެކްޝަނަށް ނުކުތް ކަރަން އަށް ދެން އޮތީ އާ ދައުރެއްގެ ފެށުން ކަމަށާއި އެކަން ހިއްސާކުރާނެ ކަމަށް ވަނީ ބުނެފައިއެވެ.
ކަރަން މިހާރު އަންނަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ކިޔާ ފިލްމް އެއްގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމް އަންނަ ޖުލައި މަހުގެ 28 އަށް ތާވަލުކޮށްފައިވާ އިރު، މި ރޮމޭންޓިކް ކޮމެޑީގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.
ކޮމެންޓު ފޮނުވާ