އިއްޔެ އަކީ ބޮލީވުޑްގެ ކިންގް ހާން ޝާހުރުކް ހާންގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ސުހާނާ ހާންގެ 23 ވަނަ އުފަންދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ޝާހު ވަނީ މުބާރިކްބާދީ ދީފައިއެވެ.
އިއްޔެ ޝާހު ވަނީ ސުހާނާގެ ވަރަށް ތަފާތު ވީޑީއޯ ކޮޅެއް ހިއްސާކޮށް އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފައިއެވެ. މި ވީޑިއޯ ގައި ސުހާނާ ފެނިގެންދަނީ އައިސް ސްކޭޓް ކުރާ ތަނެވެ.
މީ ބެލެވޭ ގޮތުގައި މިފަހުގެ ތާރީހެއްގެ ވީޑިއޯއެކެވެ. އޭނާ ސްކޭޓް ކުރުމަށް ފަރިތަ ކަމެއް ނުވަތަ ނޫން ކަމެއް ވީޑިއޯއިން ނޭގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ އަކީ ކޮންމެވެސް ވަރަކަށް ސްކޭޓް ކުރާ ނުވަތަ ދަސްކުރާ ކުއްޖެއް ކަމަށް ފާހަގަ ވެގެން ދެއެވެ.
ސުހާނާ އަކީ ޝާހުގެ ތިން ކުދިންގެ ތެރެއިން މެދަށް ހުރި ކުއްޖާއެވެ. ޝާހުގެ ދޮށީ ފިރިހެން ދަރިފުޅު އަންނަނީ ޑައިރެކްޓަރެއްގެ ގޮތުން ބޮލީވުޑް އަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުނެނެވެ. ދެން ހުރީ ހަގު ދަރިފުޅު އަދި ކިޔަވަނީއެވެ.
ސުހާނާ އަންނަނީ އެކްޓަރެއްގެ ގޮތުން ބޮލީވުޑްއަށް ތައާރަފް ވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ އަލަތު ފިލްމް "ދި އާޗީސް" މިއހަރު ބެލުންތެރިންނަށް ފެނިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ