މަޝްހޫރު ޓީވީ ބަތަލާ ވައިބަވީ އުޕާދްޔާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. އިއްޔެ ހިންގި މި ކާރު އެކްސިޑެންޓުގައި ވައިބަވީ މަރުވީ ހިމާޗަލް ޕްރަދޭޝްގައިއެއްވެ. މަރުވި އިރު އުމުރަކީ 30 އަހަރެވެ.
އޭނާ މަރުވެފައިވަނީ ފިއާންސޭ ޖޭ ސުރޭޝް ގާންދީއާ އެކު ދަތުރުކުރަމުން ދަނިކޮށެވެ. އެމީހުން ދަތުރު ކުރަމުން ދިއަ ކާރު ކޮންޓުރޯލުން ނެއްޓެ ވެއްޓިފައި ވަނީ 50 ފޫޓް މަތިން ނެވެ. ތިރީގައި އޮތް ވާދީ އަށް އެމީހުންގެ ކާރު ވެއްޓުމާއި އެކު އާންމުންގެ އެހީތެރި ކަމާއި އެކުގައި އެމީހުން ވަނީ ކާރުން ނެރެފައިއެވެ.
ކާރު އޮތީ ފުނޑުފުނޑު ވެފައި ކަމަށާއި ކާރުން ނެރުން އިރުވެސް ވައިބަވީ އޮތީ މަރުވެފައި ކަމަށްވެއެވެ. ނަމަވެސް އޭނާގެ ފިއާންސޭ މަރުނުވާ ކަމަށާއި ނަމަވެސް ހާލު ވަރަށް ސީރިއަސް ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ. ކާރު ދުއްވަން އިނީ ޖޭއެވެ. ޖޭ އަށް މިހާރު ހޮސްޕިޓަލް ގައި އަންނަނީ ފަރުވާ ދެމުންނެވެ.
ވައިބަވީ އުޕާދްޔާ މަޝްހޫރުވެފައިވަނީ ޓީވީ ސިލްސިލާ "ސާރާބާއީ ވާސަސް ސާރާބާއީ" ގައި ޖެސްމިންގެ ރޯލުންނެވެ. މީގެ އިތުރުން އޭނާ ވަނީ "ކިޔާ ކަސޫރު ހޭ އަމްލާ ކާ" އިން ފެނިގެން ގޮސްފައިއެވެ. މީގެ އިތުރުން އޭނާ ވަނީ ދީޕިކާ ޕަދުކޯންގެ ފިލްމު "ޗަޕާކް" އާއި 2023 ގެ "ތިމީރު" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ގުޖުރާތީ ތިއޭޓާ ސާކިޓްގައި އޭނާ އަކީ ވަރަށް މަގުބޫލު ނަމެކެވެ.
ކޮމެންޓު ފޮނުވާ