މަރަދޫ ބަނދަރު ބޭރުތޮށީގެ މަސައްކަތްނިމި، ބަނދަރަށް ފުރިހަމަކަން

މަރަދޫ ބަނދަރު ބޭރުތޮށީގެ މަސައްކަތްނިމި، ބަނދަރަށް ފުރިހަމަކަން

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 05:52
0

ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

މަރަދޫ ބަނދަރުގެ ބޭރުތޮށީގެ މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެނެސް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު 3 ވަނަ ދުވަހުއެވެ. މިމަޝްރޫއަށް ޖުމްލަ 25.5 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، 873،18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 419 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި، 340 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެއެވެ.

އަދި 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 975,1 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާފައިވާ ކަމަށް މިމަސައްކަތް ކުރި ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.