ތޫފާނެއްގެ ކޮޅިގަނޑުގެ އަސަރު ހަފްތާބަންދުގައި ރާއްޖެއަށް ކުރާނެ

ތޫފާނެއްގެ ކޮޅިގަނޑުގެ އަސަރު ހަފްތާބަންދުގައި ރާއްޖެއަށް ކުރާނެ

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 05:40
0

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަ، މާދަމާ ތޫފާނަކަށް ބަދަލުވާއިރު، މި ތޫފާނުގެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެންބަރު ވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް މެޓް އޮފީހުން ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައިކަމަށް މެޓް އޮފީހުން ބުނެއެވެ. ލަފާކުރެވޭ ގޮތުގައި 4 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދު ތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.