"’ކަނޑު ވިއްކާލުމާ ދެކޮޅު" ޕެޓިޝަންގައި ނާޒިމް އާއި އެމްއެންޕީގެ އިސްބޭފުޅުން ސޮއިކޮށްފި

"’ކަނޑު ވިއްކާލުމާ ދެކޮޅު" ޕެޓިޝަންގައި ނާޒިމް އާއި އެމްއެންޕީގެ އިސްބޭފުޅުން ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 މެއި 2023 08:13
0

ޗާގޯސް މައްސަލާގައި "ކަނޑުވިއްކާލުމާ ދެކޮޅު" ޕެޓިޝަންގައި ސޮއިކުރުމަށް އެމްއެންޕީގެ މައި ޖަހަގަގައި ފެށި ހަރަކާތުގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ސޮއިކުރައްވައިފިއެވެ.

ޕެޓިޝަންގައި ސޮއިކުރުމަށް ޚާއްސަ މޭޒެއް ޖަގަހާގައި ވަނީ ގާއިމްކޮށްފައެވެ. ޗާގޯސް މައްސަލައަކީ ހުރިހާ ދިވެހިންގެ މަސްލަޙަތުއޮތް ކަމެކެވެ. ޒަމާނުއްސުރެން ދިވެހި މަސްވެރިން ނަފާ ހޯދަމުންދިޔަ ރާއްޖޭގެ ދެކުނުގެ މައި މަސްކަނޑުގެ 44،000 އަކަ ކިލޯމީޓަރު ސަރުކާރުގެ އިހުމާލުން ގެއްލިގެން ދިއުމުން އެކަން ކުށްވެރިކޮށް ވަރަށް ގިނަ ދިވެހިން ދަނީ އަޑުއުފުލަމުންނެވެ.

އަދި ގެއްލުނު މަސްކަނޑު ހޯދަން ޤައުމީ މަސައްކަތެއްގެ ގޮތުގައި "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" ވަނީ މަސައްކަތް ފަށާފައެވެ. އެމްއެންޕީއަކީ މިއިއްތިހާދުގެ ބައިވެރިއެކެވެ.

އެމްއެންޕީގެ މައިޖަގަހާގައި ފެށި ހަރަކާތުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ އިތުރުން ޕާޓިގެ ނާއިބް ރައީސުންނާއި ޕާޓީގެ ގިނަ އަދެއްދެއްގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވަރަށް ގިނަ ފަރާތްތަކެއްގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން މިޕެޓިޝަންގައި ދަނީ ސޮއިކުރަމުންނެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނުން ލިބިގެންފައިވާ އަދި މަސްވެރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4500 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައި ދޫކޮށްލާފައިވާތީ މިއީ ދިވެހިންގެ ހައްގު ގާނޫނީ މުދަލަކުން ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްފައިވާ ސަރަހައްދަކަށްވާތީ ސަރުކާރުގެ މި އަމަލު ގަބޫލު ނުކުރާނެ ކަމަށް ބުނެ ސަރުކާރުން ހުށަހަޅާ ޕެޓިޝަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.