ސަލްމާން ހޮޓަލެއް އަޅަނީ

ސަލްމާން ހޮޓަލެއް އަޅަނީ

Author
ފާތިމަތު ނާވީ
22 މެއި 2023 12:04
0

ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން މުމްބާއީގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

ސަލްމާން އަކީ މިހާރުވެސް  "ބީން ހިއުމަން" ފައުންޑޭޝަންގެ ދަށުން ތަފާތު އެކި ވިޔަފާރީތަށް ކުރާ ތަރިއެކެވެ. އޭގެ އިތުރުން އޭނާ ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްވެސް ހުރެއެވެ.

ހަބަރުލިބޭ ގޮތުގައި މަތީ ފެންވަރުގެ ޓޫރިސްޓް ހޮޓަލެއް، އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާގައި ތަރައްގީކުރުމަށްޓަކައި ބަންޑްރާ އިން ބިމެއް ގަނެ އެތަށް ތަރަށްގީ ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ބިމަކީ "ސްޓާލެޓް" ގެ ނަމުގައި ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން ފްލެޓްތަކެއް ހަދާފައި ހުރި ބިމެއްކަމަށްވެއެވެ. އެތަށް ތަރަށްގީ ކުރަނީ އެތަން ތަޅައިލުމަށް ފަހުގައި ކަމަށާއި މިކަމަށް މިހާރު މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)ގެ ހުއްދަވެސް ލިބިފައިވާ ކަމަށްވެއެވެ.

ސަލްމާން ތައްރަށްގީ ކުރަނީ 19 ބުރީގެ ލަގްޒަރީ ހޮޓެލްއެކެވެ. ސަލްމާން އަކީ ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީ ލިބޭ އެއް އެކްތަރެވެ. ފިލްމް ތަކާއި ބްރޭންޑް އެމްބެސެޑެރުކަން އަދި ތަފާތު އިވެންޓް ތަކުންވެސް އޭނާ އާމްދަނީ ހޯދައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.