ތިނަދޫގައި ތޫނު ހަތިޔާރުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި

ތިނަދޫގައި ތޫނު ހަތިޔާރުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި

Author
ހުސެއިން
21 މެއި 2023 06:59
0

ގދ. ތިނަދޫގައި ތޫނު ހަތިޔާރުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ހިނގިކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ މިއަދު މެންދުރު 1:50 ހާއިރުއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބފައިވާގޮތުގައި މިހަމަލާގައި ޒަޚަމްވި މީހާއަށް ތިނަދޫ ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު މިހާރު ރަގަޅުވަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.