ރާއްޖޭގެ ދެކުނުގައި މަސްބަންދުކުރާ 2 ކާރުޚާނާ އެޅުއްވުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ: މިނިސްޓަރ

ރާއްޖޭގެ ދެކުނުގައި މަސްބަންދުކުރާ 2 ކާރުޚާނާ އެޅުއްވުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ: މިނިސްޓަރ

ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ ދެކުނުގައި މަސްބަންދުކުރާ 2 ކާރުޚާނާ އެޅުއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިިނިސްޓަރ މިހެން ވިދާޅުވީ މިފްކޯގެ "ޖަޒީރާ 103″ ބޯޓުން މަސްކިރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ 64.8 މިލިއަން ޑޮލަރުގެ މަޝްރޫޢެއް މިމަހުގެ 17 ވަނަ ދުވަހު ފާސްކޮށްފައެވެ. އެގޮތުން މި ފައިސާއިން ދެކުނުގައި މަސްބަންދުކުރާ 2 ކާރުޚާނާ އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، ވަރަށް އަވަހަށް މިކަމުގެ ބިޑަށް ހުޅުވާލައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ވަނީ ނިންމާފައެވެ. ރާއްޖެއަށް ދިނުމަށް ނިންމި ފައިސާގެ އޭގެ ތެރޭގައި ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ދިން ފައިސާ ވެސް ހިމެނެއެވެ.

ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖެއިން ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާ މަހުގެ ޢަދަދު މަދުކުރެއްވުމަށެވެ. ސަބަބަކީ ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާމަހުން ރާއްޖެއަށް އެންމެ ރަނގަޅު ފައިދާއެއް ނުހޯދޭތީއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ފަށްޓަވާފައިވަނީ ވެލިއު އެޑްކުރެއްވުމަށްފަހު ނުވަތަ އަގު އެއްކުރުމަށްފަހު އެކްސްޕޯޓްކުރެއްވުމަށެވެ. އަލަށް ޤާއިމްކުރައްވާ މަސްބަންދުކުރާ 2 ކާރުޚާނާއަކީ ވެސް މި މަސައްކަތަށް ފަހިކުރެއްވުމަށްޓަކައި އަޅުއްވާ 2 ކާރުޚާނާއެވެ.

ޖަޒީރާ 103 ނަން ދީފައިވާ މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *