ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުޑަކުރަން މަޝްވަރާކޮށްފި

ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުޑަކުރަން މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 01:32
0

ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން މަޝްވަރާކޮށްފިއެވެ.

އެޗްއީއޯސީން ރޭ ރައީސުލްޖުމްހޫރިއްޔާއާއި އެކީ ބޭއްވި ބައްދަލުވުމުގައި ވަނީ މިހާރު އޮތް ކަރަންޓީން މުއްދަތު ކުރުކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ނަމަވެސް  ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން ބަލި ނެތް ރަށަކަށް ދާއިރު ކަރަންޓީންވާން ނުޖެހޭގޮތަށް ނިންމުމެއް ނިންމާފައި އަދި ނުވާކަމުގައި އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްއީއޯސީން މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ޑރ. ނަޒްލާ ވިދާޅުވީ، ރަށްރަށަށް ގޮސް 14 ދުވަހު ކަރަންޓީންވާންޖެހޭގޮތަށް އޮތް އޮތުން އުވާލާނެ ސީދާ ތާރީޚެއް އަދި ބުނަން ނޭންގޭކަމަށެވެ. ފުރަބަންދު ކަރަންޓީން އުވާލުމުގައި ރާއްޖޭގައި ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވާ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތި ބައްޔަށް ޕޮޒިޓިވްވާ ރޭޓަށް ވަރަށް ބޮޑަށް ބަލާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ބަލާއިރު، ޕޮޒިޓިވިޓީ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތަކުގެ ޓްރެންޑްވެސް ހުރީ ދަށަށް ކަމަށެވެ. އެގޮތުން ޕޮޒިޓިވިޓީ ރޭޓް 4 އިންސައްތައާއި 2 އިންސައްތައިގައި ހުރިއިރު، އިންޑިޕެންޑެންޓް ކޭސްތައްވެސް ދަށްވާން ފަށާފައިވާކަން ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އަދަދުތައް މިގޮތުގައި ހިފެހެއްޓިއްޖެނަމަ، ފުރަބަންދު ކަރަންޓީން ދޫކޮށްލާ، މީހުންނަށް ސީދާ ރަށަށްދެވޭނެ ގޮތަށް ހުޅުވާލެވޭނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.